ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރާއިރު، ޕްރޮމޯޝަން ހިންގުން މަނާކޮށްފި

ސްކޫލް ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރާއިރު، އެއާ ގުޅުވައިގެން އެއްވެސް ބާވެއްތެގެ ޕްރޮމޯޝަނެއް ހިންގުން ތައުލީމާބެހޭ ވުޒާރާއިން މަނާކޮށްފިއެވެ.

އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވައުޗަރަށް ތަކެތި ދޫކުރެވޭނީ އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އެ ފަރާތްތަކުން ވައުޗަރާ ގުޅިގެން ހަދިޔާ ލިބޭ އެއްވެސް ޕްރޮމޯޝަނެއް މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ހިންގުމަކީ އެ މިނިސްޓްރީގައި ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މަނާކަމެއް ކަމަށެވެ.

ތައުލީމާބެހޭ ވުޒާއިން ވަނީ ވައުޗަރަށް ތަކެތި ދޫކުރަން ހުއްދާ ދޫކޮށްފައިވާ ފަރާތްތަކުގެ ނަންތައް އިއުލާން ކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ޖުމްލަ 48 ފަރާތަކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *