އެފްއޭއެމުން ކުރިއަށްގެންދިޔަ 12 އަހަރުން ދަށުގެ ދިރާގު ޔޫތު ލީގުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދައިފިއެވެ. ޗެމްޕިއަންކަން މާޒިޔާ ހޯދީ އެއްވެސް މެޗަކުން ބަލިނުވެއެވެ.
މާޒިޔާއަށް ޗެމްޕިއަންކަން ލިބުނީ އިއްޔެ ހަވީރު ކުޅުނު ލީގުގެ ފަހު މެޗްގައި މޯލްޑިވްސް ސޮކަ މޭޓްސް 1-4ން ބަލިކޮށްގެންނެވެ. މާޒިޔާ ވަނީ 14 އަހަރުން ދަށުގެ ލީގުގެވެސް ޗެމްޕިއަންކަން ހޯދާފައެވެ.
ސޮކަ މޭޓްސް ކޮޅަށް މާޒިޔާގެ ޓީމުން ޖެހި ހަތަރު ގޯލުގެ ތެރެއިން އަނޫފް އަބްދުﷲ އާއި އަބްދުﷲ ރިޒާން މުހައްމަދު، ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފައެވެ. މެޗުގައި ސޮކަ މޭޓްސްއިން ކާމިޔާބުކުރި ގޯލަކީ މާޒިޔާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެއެވެ.
advertisment
ހިޔާލު