ސައިންސް މާއްދާ އާ ގުޅުންހުރި މައުލޫމާތުތަކެއް ހޯދަން ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލްގެ ގްރޭޑް 5 އަދި 6 ގެ ދަރިވަރުން ނޭކުރެންދޫ ކަނޑޫފަލަށް ޒިޔާރަތް ކޮށްފިއެވެ.
އަފީފުއްދީން ސްކޫލުން ބުނިގޮތުގައި ސައިންސް މާއްދާގެ ފިލާވަޅަކަށް ބޭނުންވާ މައުލުމާތު ހޯދަން ކުރި ތަޖުރިބާ ދަތުރުގައި އެ ސްލޫލުގެ 116 ދަރިވަރަކު ބައިވެރިވިއެވެ. އަދި އެކުދިންނާއެކު ބެލެނިވެރިންނާއި މުދައްރިސުން ބައިވެރިވިއެވެ. މި ދަތުރުގައި އެކުދިން ވަނީ ފިލާވަޅާ ގުޅުންހުރި ގިނަ މައުލޫމާތު ތަކެއް ހޯދާފައެވެ.

ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވިގޮތުގައި މިހާރުގެ ކަރިކިއުލަމަށް ފިލާވަޅުތައް ކުރިއަށް ގެންދާއިރު، އެ ފިލާވަޅަކާ ގުޅިންހުރި އަމަލީ ތަޖުރިބާއަކީ ކުދިންނަށް ވަރަށް މުހިންމު އެއްޗެކެވެ. އެހެންވެ ހަގީގީ ދިރިއުޅުމާ ގުޅުންހުރި ފިލާވަޅުތަކާ ގުޅިގެން އެކުދިންނަށް އެކަންތައައްތައް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދަނީ ދެމުންނެވެ.
" އަޅުގަނޑުމެންގެ މާހައުލުގެ ތަފާތުތައް އެކުދިންނަށް ކިޔައިދިނުމަށްވުރެ އެ ކަންތައްތައް ތަޖުރިބާ ކުރެވުނީމާ އެކުދިން އެކަންތައްކަށް ވިސްނާނީ، އަދި އެކަމަށް އަހުލުވެރި ކުރުވޭނީ" ނާސިހާ ވިދާޅުވިއެވެ.

ނާސިހާ ވިދާޅުވީ ކުޅުދުއްފުށީގައި ކުޅިއެއް އޮއްވައި އެހެން ރަށެއްގެ ކަނޑޫފަލަކަށް ކުދިން ގެންދަން ޖެހުނީވެސް ތަފާތު މާހައުލެއް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
" މިރަށުގައި {ކުޅުދުއްފުށީގައި} އެބައޮތް ކުޅިއެއް. އެއީ އެކުދިންނަށް އާންމުކޮށް ފެނި ތަޖުރިބާ ކުރެވިފައިވާ މާހައުލެއް. އެކަމަކު ނޭކުރެންދޫ ކުޅި މުޅިންތަފާތު. އެ މާހައުލުވެސް ތަފާތު. މި ދެ މާހައުލުގެ ތަފާތުވެސް ކުދިންނަށް ދެނެގަނެވޭނީ ތަޖުރިބާ ކުރުމުގެ ފުރުޞަތު ކުދިންނަށް ދީގެން" ނާސިހާ ވިދާޅުވިއެވެ.
އަފީދުއްދީން ސްކޫލްގައި ޕްރީސްކޫލް އުމުރުފުރައިން ފެށިގެން ގްރޭޑް ދިހައަކާ ހަމައަށް 870 ދަރިވަރުން ކިޔަވަމުންދެއެވެ.

ނޭކުރެންދޫ ކަނޑޫފަލު ހިމެނޭ، ކުޅި،ފާ، ޗަސްބިން ސަރަހައްދު ވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައެވެ.
advertisment
ކިޔުންތެރިންގެ ޚިޔާލުތައް
ސާބަހޭ
ނާސިހާ މެޑަމް
ތިކުރައްވަވާ ހިތްވަރަށް!