މުހިއްޔުއްދީން ސްކޫލު ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ސްކޫލުތަކުގެ ބެލެނިވެރިން ހޭޭލުންތެރިކޮށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވިލިމާލޭ މުހިއްޔުއްދީން ސްކޫލުގެ ގްރޭޑް 7 ން ގްރޭޑް 9 އަށް ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ބެލެނިވެރިން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި މުހިއްޔުއްދީން ސްކޫލު ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

މި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު މުހިއްޔުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ކުށުގެ ވެށިން ކުދިން ދުރުހެލިކުރުމަށް ބެލެނިވެރިން މަސައްކަތްކުރަންވީ ގޮތްތަކާއި ކުދިން ތަރުބިއްޔަތު ކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި ފުރާވަރުގެ ކުދިންނަށް ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ސްކޫލު ޗުއްޓީ ދުވަސްވަރު ކުދިންގެެ އުޅުމަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ ކުދިންނާ އެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *