އއ. މަތިވެރި ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ސެޝަނެއް މަތިވެރި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ނަގައިދީފިއެވެ.
މި ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި އެސްކޫލުގެ ގްރޭޑް 1 އިން ގްރޭޑް 4 އާ ދެމެދު ގްރޭޑްތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި ސެޝަންގައި ފްލޯޓްކުރާނެ ގޮތާއި ކިކް ޖަހާނެ ގޮތާއި ފެތުމުގެ ހުނަރުތައް ކިޔައިދީފައިވެއެވެ. އަދި މޫދަށް އެރި އުޅުމުގައި ސަމާލުކަންދޭންޖޭ ކަންކަމާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.
advertisment
ހިޔާލު