ހއ. އިހަވަންދޫގައި ހުންނަ އެރަށު ސްކޫލްގެ ހަ ވަނަ ސްކައުޓް ކޭމްޕް އެ އެއަތޮޅު ތުރާކުނުގައި ފަށައިފިއެވެ.
ކޭމްޕް ޖަހާފައި ވަނީ ތުރާކުނު ސްކޫލްގެ ގޯތި ތެރޭގައި ޚާއްޞަކޮށްފައިވާ ސަރަހައްދެއް ގައެވެ. އިއްޔެ ފެށި މި ކޭމްޕް ނިމޭނީ މާދަމާއެވެ.

އިހަވަންދޫ ސްކޫލުން ބުނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ކޭމްޕް ބާއްވަނީ ރަށުން ބޭރުގައި ކަމަށާއި، މި އަހަރުގެ ކޭމްޕްގައި 40 ސްކައުޓުން ބައިވެރިވާ ކަމަށެވެ. މީގެ ތެރޭގައި އަންނަ އަހަރު ސްކައުޓަށް ބަދަލުވާނެ ދިހަ ކަބްސްކައުޓަކު ހިމެނެއެވެ.

އިހަވަންދޫ ސްކޫލުން ބުނީ ތުރާކުނު ސްކޫލްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ކޭމްޕްގައި ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށް، ތަޖުރިބާ ކުރުމުގެ ފުރުޞަތު އެ ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ.
އިހަވަންދޫ ސްކޫލަކީ ގްރޭޑް ބާރައަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.
advertisment
ހިޔާލު