ހއ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް އަފާފު އާއި ހަނާ

ހއ. ހޯރަފުށީގައި ހުންނަ އަތޮޅު މަދަރުސާގެ ވޭތުވެދިޔަ އަހަރު އެންމެ މޮޅު ދަރިވަރުގެ މަގާމް ސާނަވީން މަރިޔަމް އަފާފު މުހައްމަދު، މަތީ ސާނަވީން އައިޝަތު ހަނާ ހޯދައިފިއެވެ.
އަފާފު ވަނީ ނިމިގެންދިޔަ އަހަރު އޯލެވެލްގެ ގަދަ ދިހައެއްގެ ދިހަ ވަނައިގައި ހިމެނިފައެވެ.

އެ މަދަރުސާއިން ބުނިގޮތުގައި އެއްވަނަ ހޯދި ދެ ދަރިވަރުންނަކީ ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ސްކޫލަށް ރީތި ނަން ހޯދާދީފައިވަ ދަރިވަރުންނެވެ. އަފާފު ވަނީ ޤުރުޢާން ކިޔެވުމުގެ އަތޮޅު ފެންވަރުގައި ބޭއްވި މުބާރާތްތަކުންނާއި ގައުމި ފެންވަރުގައި ބޭއްވި މުބާރާތްތަކުން ގިނަ ވަނަތަކެއް ހޯދާފައެވެ.

ފައުންޑޭޝަން ލެވެލްއިން ފެށިގެން ގްރޭޑް 12އާ ހަމައަށް އެ މަދަރުސާގައި 429 ކުދިން ކިޔަވަމުން ގެންދެއެވެ. ނިމިގެން ދިޔަ އަހަރު ސާނަވީ އިމްތިހާނުގައި ބައިވެރިވި ކުދިންގެ 52 އިންސައްތަ ކުދިން ފަސް މާއްދާއިން ފާސްވެފައިވެއެވެ. 21 އިންސައްތަ ކުދިން ހުރިހާ މާއްދާއަކުން ފާސްވެފައިވެއެވެ. އަދި އޯލެވެލްގެ ގައުމީ ގަދަ ދިހައެއްގައި ތިން ދަރިވަރަކު ހިމެނިފައިވެއެވެ. މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވި 33އިންސައްތަ ކުދިން ވަނީ ހަތަރު މާއްދާއިން ފާސެވެފައެވެ.

ހިޔާލު

2 Responses

  1. ތި އަފާފް އަށް ހައްގުވާ އެއްޗެއް ނޫން.. ތި އާޔާޝް އަށް ހައްގުވާ އެއްޗެއް..އަޔާޝް ކިޔަވަން މާލެ އައީމަ އަފާފް އަށް ދިން އެއްޗެއް ތީ ހަމަ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *