ރޭ ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ފާތިމަތު އަންޖުމް ޝަފީގު 13އ، އަކީ ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކަށް އިސްކަންދިން ކުއްޖެއް ކަމަށް ޖަމާލުއްދީން ސްކޫލުން ބުނެފިއެވެ. ނިޔާވިއިރު އަންޖުމް ކިޔަވަމުން ދިޔައީ އެ ސްކޫލްގެ ގްރޭޑް ހަތެއް ގައެވެ.
ޖަމާލުއްދީން ސްކޫލްގެ ލީޑިންގ ޓީޗަރު ހައްވާ ޝަރުމީލާ ވިދާޅުވިގޮތުގައި އަންޖުމްއަކީ ގިނަ ހަރަކާތްތަކުގައި މަސައްކަތް ކުރި އަޚުލާގު ރަނގަޅު ކުއްޖެކެވެ.
" ކުދިންވެސް ޓީޗަރުންވެސް ފާހަގަކުރޭ އަންޖުމްގެ އަޚުލާގު ރަނގަޅުކަން. ކުދިންނާ ގުޅޭ މަޑުމައިތިރި މިޒާޖެއްގެ ކުއްޖެއް އެއީ" ޝަރުމީލާ ވިދާޅުވިއެވެ.
އަންޖުމް ބައިވެރިވި އިތުރު ހަރަކާތްތަކުގެ ތެރޭގައި ކެޑޭޓް، ގުރުޢާން ޕޫލް ހިމެނެއެވެ. އަދި ހިފްޒް ކުލާހުގައި ބައިވެރިވެ ޤުރުޢާން ހިތުދަސްކުރުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.
" އާއިލާގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު، ޤުރުޢާން ހިތުދަސްކޮށް ނިންމައި، ކިޔައިދެމުން ދިޔައީ" ޝަރުމީލާ ވިދާޅުވިއެވެ.
އަންޖުމްގެ ވަކިވެދިއުން އެ ސުކޫލުން ފާހަގަ ކުރަނީ ހިތާމައާ އެކުއެވެ.
އަންޖުމް ނިޔާވީ މަންމައާއެކު ސައިކަލްގައި ދަނިކޮށް، ސައިކަލުގައި ބަހެއް ޖެހި ހިނގި އެކްސިޓެންޓެއް ގައެވެ.
advertisment
ހިޔާލު