ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްކައުޓާއި ގައިޑް ކޭމްޕް ކޫއްޑޫގައި

ގއ. އަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީމަރުކަޒުގެ ސްކައުޓާއި ގާރލްގައިޑް ކޭމްޕް އެ އަތޮޅު ކޫއްޑޫގައި ބާއްވައިފިއެވެ.
ކޫއްޑޫގައި ކޭމްޕް ޖެހީ ސްކައުޓުންނާއި ގާރލްގައިޑުން ވަކިންނެެވެ. މި ކޭމްޕް ބޭއްވީ ނޮވެމްބަރު މަހުގެ 10ން 11އަށެވެ. މި ކޭމްޕްގައި 32 ސަކައުޓުން ބައިވެރިވެފައިވެއެވެ.

އެ ސްކޫލްގެ ލީޑިންގ ޓީޗަރ ޝަޒުމީނާ ޝިޔާމް ވިދާޅުވީ ސްކައުޓުންނަށް ބޭއްވި ކޭމްޕްގައި ފެތުމާއި، އަލިފާނުން ރައްކާތެރިވުމާ ގުޅޭ މައުލޫމާތު ވަނީ އެކުދިންނާ ހިއްސާކޮށްފައެވެ. މީގެ އިތުރުން ކޭމްޕްގައި ބައިވެރިވި ހުރިހާ ކުދިންނަށް އަމާޒުކޮށް ދީނީ މައުލޫތު ދިނުމުގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ.

" ކޮންމެ އިރަކަށް އެކުދިން އަމިއްލައަށް ކެއުންތައްޔާރުކޮށް، ދިރިއުޅުމަށް ބޭނުންވާ ގިނަ ހުނަރުތަކެއް ކުދިންނަށް މި ކޭމްޕްގެ ސަަބަނުން ދަސްވެގެން އެ ދިޔައީ" ސްކައުޓް ލީޑަރެއްގެ ގޮތުގައި މަސަައްކަތް ކުރައްވާ ޝަޒުމީނާ ވިދާޅުވިއެވެ. " އެ ހުރިހާ ކަމެއްވެސް ދިޔައީ ޕެޓްރޯލް ގްރޫޕްތަކުގެ ތެރޭގައި ވަރަށް ވާދަވެރިކޮށް"
ތަފާތު ކުޅިވަރުތަކާއެކު ކުރިއަށް ގެންދިޔަ މި ކޭމްޕުގައި، ކުރިއަށް ދިޔަ ގެންދިޔަ ހަރަކާތަަކަށް ބަލައި އެންމެ ރަނގަޅު ކޭމްޕަރއަކަށް ހޮވުނީ މުޙައްމަދު ޔައިޝްއެވެ. އެންމެ ރަނގަޅު ޕްޓްރޯލް ގްރޫޕަކަށް ހޮވުނީ ހޯރައެވެ. ކެއްކުމަށް އެންމެ ގްރޫޕަކަށް ހޮވުނީ ވައްލަ އެވެ.

ޝަޒުމީނާ ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މި ކޭމްޕް މޫސުމް ތަންދޭނަމަ އާންމުގޮތެއްގައި ބާއްވަނީ އެ ރަށުން ބޭރުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *