ގދ. ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލްގެ ވޭތުވެދިޔަ އަހަރު އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް ޝިމާ ހޮވައިފިއެވެ. ޝިމާއަށް އިނާމް ހަވާލުކޮށް ދެއްވީ އެ ސްކޫލްގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ހުވަދޫ ސްކޫލުން ބުނީ ޝިމާ އަކީ ތަޢުލީމަށް ލޯބި ކުރާ ޚުލްޤުހެޔޮ ދަރިވަރެއް ކަމަށާއި، ރިވެތި އަޚުލާޤުން ނަމޫނާ ދެއްކުމާއި ކަންކަމަށް އިސްނެގުމަކީ އޭނާގެ ކިބައިން ފާހަގަވާ ވަރަށް ރަނގަޅު ސިފަތަކެއް ކަމަށެވެ.
ޝިމާ އަކީ ކިޔެވުމާއި ގުޅުންހުރި އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގައި ނަމޫނާ ދަރިވަރެއް. އެގޮތުން އޭނާވަނީ އަދަބީ ޙަރަކާތް 2016 އަދި ރެޑީ ކޭމްޕް 2017 ސްވިމިންގް ޕޮރްގްރާމް އިންޓާރ ހައުސް ސްޕޯރޓްސްމީޓް 2016، 2017 ، 2018 އަދި އިންޓާރ ހައުސް ނެޓްބޯޅަ 2016، 2018 ގައި ބައިވެރިވެ ކާމިޔާބީ ތައް ޙާޞިލް ކޮށްފައެވެ. އަދި ޑިސިޕްލިން އެވޯޑާއި އިންޓާރ ހައުސް ނެޓްބޯޅަ ކްއީން އޮފްދަ މެޗް 2018 އަދި 2016 ގައި ވަނީ ޙާޞިލް ކޮށްފައިވެއެވެ.
2018 ވަނައަހަރު އޭނާ ވަނީ ގޭމްސް ކެޕްޓަން ކަމާއި މީޑިޔާކްލަބުގެ ރައީސްކަމާއި ،ނޭޗާރ ކްލަބުގެ ނާއިބު ރައީސެއްގެ ގޮތުން މުހިންމު ރޯލެއް އަދާކޮށްފައެވެ.
2014 ، ވަނައަހަރުން ފެށިގެން 2018 ވަނައަހަރާއި ހަމައަށް ޝިމާއަކީ ޕްރިފެކްޓް ބޯރޑް މެމްބަރެކެވެ. އަދި ނިމިގެންދިޔަ އަހަރު ސީނިއަރ ޕްރިފެކްޓެކެވެ.
advertisment
ކިޔުންތެރިންގެ ޚިޔާލުތައް
ކޮބާތަ ލިބުނު ނަތީޖާ އަކީ