ކީރިތި ޤުރުޢާން ހިދުދަސްކުރެއްވި 16 ހާފިޒުންގެ ތެރޭގައި ހަ ދަރިވަރަކު ހިމެނެއެވެ. ކީރިތި ޤުރުއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލް އެ ފަރާތްތަކަށް މެޑަލް ހަވާލުކޮށްދެއްވީ ޖުމްހޫރީ ދުވަހާ ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.
އުމުރުގައިޤުރުއާން ހިތުދަސް ކުރައްވައި، މެޑަލް ޙާޞިލް ކުރެއްވި އެންމެ ހަގު ދަރިވަރަކީ ފާތިމަތު ޝާޔާ ޒާހިރެވެ. ޝާޔާ ޤުރުއާން ހިތުދަސް ކުރެއްވީ އުމުރުން ނުވަ އަހަރުގައެވެ. އަބްދުﷲ އަލްޔަސައަ ބިން ޒަމްޒަމް ޤުރުޢާން ހިތުދަސްކުރެއްވީ އުމުރުން ދިހަ އަހަރުގައެވެ. އުރްޖުވާން މުހައްމަދު ޤުރުއާން ހިތުދަސް ކުރެއްވީ އުމުރުން 11 އަހަރުގައެވެ. މޫސާ މާއިޝް މާޖިދު ޤުރުއާން ހިތުދަސް ކުރެއްވީ އުމުރުން 12 އަހަރުގައެވެ. މުހައްމަދު ރަފާހު އަހުމަދު ޤުރުއާން ހިތުދަސް ކުރީ 13 އަހަރުގައެވެ. ފާތިމަތު ޝުއާއު ޝާހު ޤުރުއާން ހިތުދަސްކުރެއްވީ ސާދަ އަހަރުގައެވެ.
މީގެ އިތުރުން ހާފިޒު ކަމުގެ ސަނަދު ލިބުނު ފަރާތްތަކަކީ:
1. އާސިޔަތު އާދަމް، ފެހިގެ/ ގއ. މާމެންދޫ
2. ހަސަން އާހިލް، އިރުދޭމާގެ/ ތ. ގުރައިދޫ
3. ޒޫނާ އިސްމައިލް، ގަސްކަރަ/ ކ. ގުޅި
4. ސިބްއަތުﷲ އަހުމަދު، ރަޝީދާ މަންޒިލް/ ފ. ނިލަންދޫ
5. މާޒިނާ އަބްދުއްރަހީމް، ކިނާރާ/ ނ. ލަންދޫ
6. މަރިޔަމް މިކްޔާސް ސަލްމާން، އަޅިފަށުވިގެ/ ގއ. ގެމަނަފުށި
7. އަހުމަދު ނާޒިލް މުހައްމަދު، ހުވަނދުމާގެ/ ޅ. ނައިފަރު
8. މުހައްމަދު ޒާއިން އަޝްރަފު، އާބަހާރުގެ/ ކ. ކާށިދޫ
9. މާއިޝާ އަބްދުއްރަހީމް، ކިނާރާ/ ނ. ލަންދޫ
10. މަރިޔަމް ހުސެއިން، ޝެމްރޮކް/ ސ. ހިތަދޫ އެވެ.
advertisment
ހިޔާލު