ނ. ހޮޅުދޫގައި ހުންނަ މޭނާ ސްކޫލްގެ ސާނަވީ ބައިން އެއްވަނަ ދަރިވަރަކަށް އައިޝަތު މިރުޝާ، މަތީ ސާނަވީސް އެންމެ މޮޅު ދަރިވަރަކަށް މާހިރަތު ހުނައިފާ ހޮވައިފިއެވެ. މޭނާ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ދެ ދަރިވަރުންނަށް އިނާމް ދެއްވީ ޝަރަފުވެރި މެހުމާނާ ތައުލީމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރެވެ.
ހުނައިފާ ވަނީ އޭލެވެލްގެ ގަދަ ދިހައެއްގެ ފަސްވަނައިގައި ހިމެނިފައެވެ.
މޭނާ ސްކޫލަށް 75 އަހަރު އަންނަ އަހަރުގެ މާރޗް މާހު ފުރޭއިރު، ނިމިގެންދިޔަ އަހަރު އޯލެވެލްގައި ބައިވެރިވި އެ ސްކޫލްގެ 84 އިންސައްތަ ކުދިން ވަނީ ފަސް މާއްދާއިން ފާސްވެފައެވެ. އޭލެވެލްގައި ބައިވެރިވި 77 އިންސައްތަ ކުދިން ވަނީ ހަ މާއްދާއިން ފާސްވެފައެވެ.
އޭލެވެލްގެ ގަދަ ދިހަ އެއްގައި އެ ސްކޫލްގެ ހަތަރު ދަރިވަރަކު ވަނީ ހިމެނިފައެވެ. އެއީ ފަސްވަނައިގައި ހިމެނު ހުނައިފާގެ އިތުރުން، ހަ ވަނައިގައި ހިމެނުނު ހައްވާ ނަފުހާއާއި، ނުވަ ވަނައިގައި ހިމެނުނު ފާތިމަތު ސުމަން އާއި އައިޝަތު ނަހާ ނިޒާމެވެ.

މަތީ ސާނަވީސް އެއްވަނައަށް އައި ހުނައިފާއަށް އިނާމް ދެއްވަނީ
މޭނާ ސްކޫލަކީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ހަތަރު ވަނަ ސްކޫލެވެ. އަދި އަތޮޅުތެރޭގައި ހުރި އެންމެ ދުވަސްވީ ދެވަނަ ސްކޫލެވެ.
އިމްތިޙާނު ތަކުގައި ބައިވެރިވާން ފެށިފަހުން އެ ސްކޫލްގެ 33 ކުއްޖަކު ވަނީ އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނިފައެވެ. އަދި އޭލެވެލްގެ ގަދަ ދިހައެއްގައި 20 ކުއްޖަކު ހިމެނިފައިވެއެވެ.
advertisment
ކިޔުންތެރިންގެ ޚިޔާލުތައް
މަރުހަބާ މިރޫ….