އެމްއީއެސް ހިންގި އިމާރާތުގައި "އިއްޒުއްދީން ސްކޫލް" ހިންގަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މިއީ މާލޭގައި އެއް ދަންފަޅިއަށް ލިޔަވައިދޭން ފަށާނެ ފުރަތަމަ ސްކޫލެވެ. ތައުލީމާބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންނަ އަހަރު އެ ސްކޫލްގައި ކިޔަވައިދޭން ފަށާނީ ގްރޭޑް 1ން 6އަށެވެ.
މި ސްކޫލުގެ ގްރޭޑް އެކަކަށް ކުދިން ވައްދާނީ މާލެހިމެނޭ ސަރަހައްދުގެ ސްކޫލްތަކަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ އުޞޫލުގެ މަތިންނެވެ. ގްރޭޑް ދޭކުން ފެށިގެން ހަޔަކާ ހަމައަށް ކުދިން ވައްދާނީ، ސިޓީ ހުށަހަޅާ ތަރުތީބުންނެވެ. މިހާރު ވަނީ އެ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ "އިއްޒުއްދީން ސްކޫލް"ގެ ކުލާހެއްގައި ތިބޭނީ 25 ކުދިންނެވެ.
advertisment
ހިޔާލު