އަންނަ އަހަރު ޝަރަފުއްދީން ސްކޫލުގެ އެލްކޭޖީއަށް ކުދިން ވެއްދުމަށް ދީފައިވާ މުއްދަތު މިހިނގާ ނޮވެމްބަރު 7 އަށް ހަމަވާނެއެވެ.
އެލްކޭޖީއަށް ކުދިން ވެއްދުމަށް އެސްކޫލުން ދީފައިވާ މުއްދަތަކީ އޮކްޓޯބަރ 20 އިން ނޮވެމްބަރު 7 އަށެވެ.
އެ ސްކޫލުން ބުނީ އެލްކޭޖީއަށް ވައްދަން ހުށަހަޅާ ކުއްޖާ ވާންޖެހޭނީ 2019 ވަނަ އަހަރު ޑިސެމްބަރު 31 އަށް 4 އަހަރު ފުރި ފަސްއަހަރު ނުފުރޭ ކުއްޖަކަށް ކަމަށެވެ. އެއީ 2015 ވަނަ އަހަރު ޖަނަވަރީ 1 އިން އެއަހަރު ޑިސެމްބަރު 31 އާ ދެމެދު އުފަންވެފައިވާ ކުދިންނެވެ.
އެހެންކަމުން އެސްކޫލުގެ އެލްކޭޖީއަށް ވައްދާ ކުދިންގެ ފޯމު ފުރުމަށްފަހު 7 ނޮވެމްބަރުގެ ގެ ކުރިން އެ ސްކޫލަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ސްކޫލަށް ވައްދަން އެދޭ ފޯމް އެސްކޫލުގެ އިދާރާއިން ލިބެން ހުންނާއެވެ.
advertisment
ހިޔާލު