އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ދެ ދަރިވަރަކަށް ކިޔެވުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައިފި

ހުސްވި ސެޕްޓެމްބަރު މަހު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ނުރައްކާތެރި ހާދިސާގައި ގެއްލުން ލިބުނު މީހުންގެ ތެރޭގައި ހިމެނޭ ދެ ދަރިވަރެއްގެ ކިޔެވުމުގެ ޚަރަދު ހިމެނޭ ސްކޮލަރޝިޕެއް ސަރުކާރުން ޖަމަޖައްސައި ދީފިއެވެ.

މި ސްކޮލަރޝިޕް ދިނީ މެލޭޝިއާގެ މޮނާޝް ޔުނިވާސިޓީގައި އާޓްސްއިން އޮނާސް ޑިގްރީއެއް ފުރިހަމަ ކުރާ ދަރިވަރަކަށާއި، ވެސްޓްމިންސްޓާ އިންޓަނޭޝަނަލް ކޮލެޖުގައި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސްއަށް ކިޔަވަމުންދާ ދަރިވަރަކަށެވެ. މި ދެ ދަރިވަރުންގެ ބެލެނިވެރިންނާ މި ސްކޮލަރޝިޕް ހަވާލުކޮށް ދެއްވީ މަތީތައުލީމާބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަނެވެ.

މި ސްކޮލަރޝިޕްގެ ދަށުން، އެ ދެ ދަރިވަރުން ކިޔަވަމުންދާ ކޯހުގެފީއާއި ދިރިއުޅުމުގެ ޚަރަދާއި ކިޔަވާ ނިންމާފައި ރާއްޖެއައުމަށް ހިނގާނެ ޚަރަދު ސަރުކާރުން ހަމަޖައްސައިދޭނެއެވެ. އެހެން ސްކޮލަރޝިޕްތަކާ ޚިލާފަށް މި ސްކޮލަރޝިޕް ލިބުނު ދަރި ވަރުން ކިޔަވާ ނިންމުމަށްފަހު، ސަރުކާރުން ކުރި ޚަރަދު ދައްކާކަށް ނުޖެހެއެވެ.
މާލޭގައި ހިނގައި ދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ މި ހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ. 400 އެންހާ މީހުންނަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *