ހަނިމާދޫ ސުކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ހދ. ހަނިމާދޫ ސުކޫލުން އިންތިޒާމުކޮށް ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ހަނިމާދޫ އެމްއެންޑީއެފް ޕޯސްޓް ގުޅިގެން، ހަނިމާދޫ ސުކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ނޮވެމްބަރު މަހުގެ 4 ން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ހަނިމާދޫ ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދާ ގްރޭޑް 1 ން 6 އާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ސްކޫލުތަކުގެ ކަރިކިއުލަމްގެ ތެރެއިން، ކޮންމެ ދަރިވަރަކީ ފަތަން ދަންނަ ދަރިވަރަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފްލޯޓް ކުރާނެ ގޮތާއި، ކިކް ޖަހާނެ ގޮތާއި، ތަފާތު ވައްތަރުގެ ސްޓްރޯކްތައް ބުނެދިނުމުގެ އިތުރުން މޫދަށް އެރިއުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ވެއެވެ.

މި ޕްރޮގްރާމުގައި އެ ސުކޫލުގެ 235 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *