750 ކުދިންނަށް އަމާޒުކޮށް ކުރީގެ އެމްއީއެސް އިމާރާތުގައި ހަދާ ސްކޫލް އަންނަ އަހަރު ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން ވަނީ އެމްއީއެސްގެ އިމާރާތް ބޭނުން ވާތީ، އެތަން މިހާރު ބޭނުންކުރަމުންދާ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއަށް ނޯޓިސްދީފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތުގައިވާ ގޮތުން އާ ސްކޫލް ހެދުމަށް އެމްއީއެސްގެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި، މުދައްރިސުން ނެގުމަށް 20.2 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.
އެއްދަންފަޅިއަށް ކިޔަވައި ދިނުމަށް ދަރުމަންވަތަ ސްކޫލްގެ އާ އިމާރާތާއި ހުޅުމޭލޭގައި އިތުރު ސްކޫލެއް އެޅުމަށް ބެޖެޓްގައި ވަނީ ހިމަނާފައެވެ.
advertisment
ހިޔާލު