ފެންހޫނުކުރާ ނިޒާމެއް އުފައްދައިގެން އަށް އަހަރުގެ ކުއްޖަކަށް ޚާއްޞަ އެވޯޑެއް

މިއީ ތިމާވެއްޓާވެސް ރައްޓެހި އުފެއްދުމެކެވެ. ޒޮޗިލް ދިރިއުޅެމުން އަންނަ ހިސާބުގެ މީހުންނަކީ އެހައި ތަނަވަސް ބައެއް ނޫނެވެ. ޚިދުމަތްތައް ވެސް ވަރަށް މަދެވެ. ހޫނުފެން އުފެއްދުމަށްޓަކައި ޖެހެނީ ގަސް ކަނޑައި، ދަރުއުދުން ބޭނުން ކުރާށެވެ. މިއީ ޒޮޗިލް މިކަމަށް ވިސްނަން ފެށި މައިގަނޑު އެއް ސަބަބެވެ. އަނެއް ސަބަބަކީ ފަސޭހައިން ހެޔޮ އަގެއްގައި ހޫނު ކުރެވޭނެ ނިޒާމެއް ހޯދުމެވެ.

ޒޮޗިލް އުފެއްދި ތިމާވެއްޓާ ރައްޓެހި ނިޒާމަކީ އުކާލެވޭ ތަކެތީގެ ގޮތުގައި ހިމެނޭ ފުޅި، ޕްލާސްޓިކް އަދި ލަކުޑި ބޭނުންކޮށްގެން އިރުގެ ހޫނުން އުފައްދާ ހަކަތަ އިން މަސައްކަތް ކުރާ އެއްޗެކެވެ. ޒޮޗިލްގެ އާއިލާއިން ވަނީ މި އުފެއްދުން އެމީހުންގެ ގޭގެ ފުރާޅުގައި ހަރުކޮށް ގޭގައި ހޫނުފެން ބޭނުންކުރަން ފަށާފައެވެ. ޒޮޗިލް ބުނާގޮތުގައި އޭނާ އަބަދުވެސް ވަރަށް އަވަހަށް ފެންވަރަމެވެ. އެހެންކަމުން ބާކީ ކޮއްކޮ ފެންވަރާ ވަރަށްވެސް ފެން ހުރެއެވެ.

މިއުފެއްދުމުން ހަމައެކަނި ޒޮޗިލްގެ ހިސާބުގެ މީހުންނަށް ފަސޭހަވީކީ އެއް ނޫނެވެ. ގަސް ކެނޑުން މަދުވެ، ތިމާވެއްޓަށް ބޮޑު ފައިދާއެއް ކުރީއެވެ. މިކަން ފާހަގަކޮށް މެކްސިކޯގެ ޔުނިވަރސިޓީ އޮފް ނިޔުކްލިއަރ ސައިންސް އިން ވަނީ ޒޮޗިލްއަށް އެވޯޑެއްވެސް ދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *