މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ނިމި ސަރުކާރު ހުރިހާ ސްކޫލެއްގައި އިމްތިހާން ފަށައިފިއެވެ. މިއަދު އިމްތިހާން ފަށާފައިވާއިރު، ނޮވެމްބަރު މަހުގެ ސާދަ ވަނަ ދުވަހާ ހަމައަށް އިމްތިހާން ކުރިއަށް ގެންދާނެއެވެ.
އިމްތިހާން ނިމި ސްކޫލްތައް ބަންދު ކުރާނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
މިއަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމްގެ ކިޔެވައިދިނީ ޖެނުއަރީ 13ން 30މެއި އަށެވެ. ދެވަނަ ޓާމްގެ ކިޔެވުން ފެށީ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އެހެން އަހަރު ތަކާ ޚިލާފަށް މިއަހަރު ދެވަނަ ޓާމްއިން ފެށިގެން ދަރިވަރުންނަށް ރިޕޯޓް ފޮތް ދޭނީ މީމިސް މެދުވެރިކޮށެވެ.
advertisment
ހިޔާލު