އއ. ރަސްދޫގައި ހުންނަ އެއަތޮޅު ތަޢުލީމީ މަރުކަޒުގެ މިދިޔައަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ރަސްދޫ ލައިފްވޭ، އިބްރާހީމް މާހީން މުޙައްމަދު ހޮވައިފިއެވެ.
އޭނާވަނީ އޯލެވެލްގައި 2 އޭ ފާހާއި، 3 ބީފާހާއި، 3 ސީ ފާސް ހޯދައިފައެވެ. މިކާމިޔާބީއާ ބެހޭ ގޮތުން މާހީން ބުނީ އެއީ ވަރަށް ބުރަސް މަސައްކަތެއް ކަމަށެވެ. އަދި ވަރަށްކުރިން ފެށިގެން ވަރުގަދަ ޢަޒުމަކާއެކު ލިބުނު ޝަރަފެއް ކަމަށް އޭނާ ބުންޏެވެ.
މާހީނަށް އިނާމާއި ހަނދާނީ ލިޔުމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވި ހަނދާނީ ފިލާ އޭނާއާ ޙަވާލުކޮށްދެއްވީ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާގެ ޝަރަފްވެރި މެހުމާން އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރުގެ ނާއިބު އަޙުމަދު މުޖާހިދެވެ.
އޮކްޓޯބަރ 26 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހުމާން މައިގަނޑު ގޮތެއްގައ ވިދާޅުވީ ދަރިންނަށް ކިޔަވައި ދިނުމަށް މައިންބަފައިން ކުރަމުންދާ ބުރަ މަސައްކަތް ބަލައިގަތުމަށެވެ. އަދި ހުރިހާ ކުދިންވެސް ކިޔަވައި ރަނގަޅު ނަތީޖާ ހޯދުމަށް މުޖާހިދު އެދިވަޑައިގެންނެވިއެވެ.
މިޖަލްސާގައި އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާއި އއ. އަތޮޅުމަދަރުސާގެ އިސްވެރިންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.
advertisment
ހިޔާލު