ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ވޭތުވެދިޔަ އަހަރު އެންމެ މޮޅު ދަރިވަރަކަށް ޝާނީ ޝަމީމް ހޮވައިފިއެވެ.
އޭނާ ވަނީ ހަތް މާއްދާއިން އޭޕްލަސް، އެއްމާއްދާއިން އޭ ހޯދާ އޯލެވެލްގެ ގައުމީ ގަދަ ދިހައެއްގެ ދެ ވަނައިގައި ހިމެނި، ބައިލޮޖީން ރާއްޖެއިން އެއްވަނަ، ޖޯގްރަފީން ހައި އެޗީވްމަންޓް އެވޯޑް ހާސިލް ކޮށްފައެވެ.
އެންމެ މޮޅު ދަރިވަރުގެ އިތުރުން މިދިޔަ އަހަރުގެ އަންހެން ކެޕްޓަނަކީވެސް ޝާނީއެވެ. ޝާނީއަށް އިނާމް ދެއްވީ ނިމިގެންދިޔަ އަހަރުގެ އިނާމް ދިނުމަށް ބްރައިޓްވޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަނެވެ.
ވޭތުވެދިޔަ އަހަރު އެ ސްކޫލުން ދެވަނަ ހޯދީ ލުމައިހާ އާދަމް ޝަރީފެވެ. ތިންވަނަ ހޯދީ ފާތިމަތު ރަނާއެވެ. މި ދެ ދަރިވަރުން ވަނީ އޯލެވެލްގެ ގައުމީ ގަދަ ދިހައެއްގެ ހަތަރުވަނައިގައި ހިމެނިފައެވެ.
ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުން ވޭތުވެދިޔަ އަހަރު އޯލެވެލްގައި ބައިވެރިވި 28 ދަރިވަރުން ވަނީ ހަތް މާއްދާއިން ފާސްވެފައެވެ. ޕްރީސްކޫލުން ފެށިގެން ގްރޭޑް11 އާ ހަމައަށް އަށްސަތޭކައެންހާ ކުދިން ދަނީ ކިޔަވަމުންނެވެ.
advertisment
ހިޔާލު