މަރަދޫ ސްކޫލުގެ ބެލެނިވެރިން ހިމޭން އިހުތިޖާޖެއް ކޮށްފި

ބެލެނިވެރިން އެކަމާ ދެކޮޅަށް އަޑު އުފުލާފައިވަނީ ސްޓޭޓު މިނިސްޓަރ އޮފް އެޑިޔުކޭޝަން ފާތިމަތު ނަސީރާއި، ޕާމަނަންޓް ސެކްރެޓަރީ ޢަލީ އަޙުމަދު މަރަދޫ ސްކޫލަށް ވަޑައިގެން ބެލެނިވެރިންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ބެލެނިވެރިން ކޮށްފައިވަނީ ހިމޭން އިހުތިޖާޖެޖެވެ. އެ ބައްދަލުވުން ފެށުމަށްފަހު ވަނީ ކުރިއަށް ނުގެންދެވިގެން ކެންސަލް ކޮށްފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރަދޫ ސްކޫލް ޕްރީސްކޫލަކަށް ބަދަލު ކުރުމަށްފަހު އެތާގައި މިހާރު ކިޔަވަމުންދާ ކުދިން ބަދަލު ކުރަނީ އިރުޝާދިއްޔާއަށެވެ. އެހެންނަމަވެސް ކުދިންގެ ޢަދަދަށް ބަލާއިރު އިރުޝާދިއްޔާގައި ތިބެނީ 100 އެއްހާ ކުދިންނެވެ. އަދި މަރަދޫ ސްކޫލުގައި 300 އަށްވުރެ ގިނަ ކުދިން ތިބޭ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ރޭގެ އިހުތިޖާޖުގައިވަނީ މަރަދޫ ސްކޫލުގެ ޕްރިންސިޕަލް ގެ އިސްތިއުފާ އަށް ވެސް ގޮވައިފައެވެ. މަރަދޫ ރައްޔިތުން ބޭނުންވަނީ ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް އެސްކޫލުގައި ގުރޭޑު 1 އިން 10 އަށް ކިޔަވައިދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *