ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޭތުވެދިޔަ އަހަރު، ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ފާތިމަތު ރިޝްމީ އަދި މަތީ ސާނަވީން އެއްވަނަ ދަރިވަރަކަށް މުހައްމަދު މާހިން ސޮބުރީ ހޮވައިފިއެވެ. މާހިން ވަނީ އޭލެވެލްގެ ގަދަ ދިހައެއްގެ ހަ ވަނައިގައިވެސް ހިމެނިފައެވެ. ރިޝްމީ ވަނީ އޯލެވެލްގެ ގަދަ ދިހައެއްގެ ހަ ވަނައިގައި ހިމެނިފައެވެ.
ރޭ އެ މަރުކަޒުގައި ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި، މި ދަރިވަރުންނަށް އިނާމް ދެއްވީ ޕްރޮފެސަރ ހަސަން އުގައިލެވެ.
މަތީ ސާނަވީއަށް އަމާޒުކޮށް ގއ. އަތޮޅު ކައުންސިލުންދޭ އެވޯޑް ހާސިލް ކުރީ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. ގއ. އަތޮޅުން އެންމެ މޮޅު ދަރިވަރަކީ މަރިޔަމް ނަހާ ނިޒާމެވެ. ދެވަނަ ދަރިވަރަކީ މުހަންމަދު މާހިން ސޮބުރީއެވެ. ތިންވަނަ ދަރިވަރަކީ މުހަންމަދު އީމާން ރާޝިދެވެ.
އޭލެވެލްގެ ގަދަ ދިހައެއްގައި ހަތަރު ދަރިވަރަކު ވަނީ ހިމެނިފައެވެ. އެއީ ގައުމީ ގަދަ ހައެއްގައި ހިމެނުނު މަރިޔަމް ނަހާ ނިޒާމާއި ހަތްވަނައިގައި ހިމެނުނު މުހަންމަދު މާހިން ސޮބުރީއާއި އަށް ވަނައިގައި ހިމެނެނު މުހަންމަދު އީމާން ރާޝިދާއި ނުވަ ވަނައިގައި ހިމެނުނު ފާތިމަތު ނަމްހާ މުހައްމަދެވެ.
އޯލެވެލްގެ ގަދަ ދިހަ އެއްގައި ހިމެނުނީ ދެ ދަރިވަރުންނެވެ. އެއީ ހަ ވަނައިގައި ހިމެނުނު ފާތިމަތު ރިޝްމީ ނަސީރާއި، ދިހަ ވަނައިގައި ހިމެނުނު އިސްމާއިލް އިމާން އިބުރާހިމެވެ.
އޭލެވެލްގައި ތިން މާއްދާއަށްވުރެ މަތިން ދިހަ ކުދިން ފާސްވެފައިވެއެވެ. އޯލެވެލްގައި ފަސް މާއްދާއަށްވުރެ މަތިން 33 ކުދިން ފާސްވެފައިވެއެވެ.
advertisment
ހިޔާލު