އިސްކަންދަރު ސްކޫލްގައި ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތުގެ ސާނަވީ ގިންތިން އެއް ވަނަ 8އޭ ގެ ދަރިވަރު އާމިނަތު ޒާރާ އިބްރާހިމް، ހޯދައިފިއެވެ.
އެ ސްކޫލްގެ ހުރިހާ ގްރޭޑް ތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި 91 ދަރިވަރުން ބައިވެރިވިއެވެ. އަދި މުބާރާތް ގެންދިޔައީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ ސާނަވީ ގިންތިއާއި، ދަށު ސާނަވީ ގިންތި އާއި އިބުތިދާއީ ގިންތިއެވެ.
ދަށު ސާނަވީ ގިންތިން އެއްވަނަ ހޯދީ ގްރޭޑް 7ޑީ ގެ ދަރިވަރު އަހުމަދު އޝްއަމެވެ. އިބުތިދާއީ ގިންތިން އެއްވަނަ ހޯދީ ގްރޭޑް 4ޖީ ގެ ދަރިވަރު އާދަމް އަޔާޝް އިބްރާހިމެވެ.
ހަ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނަތީޖާ ފާޅުކުރީ އަންގާރަ ދުވަހުގެ ރޭ ގަ އެވެ.
މި މުބާރާތުގެ އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވުނު ދަރިވަރުންނަކީ:
ސާނަވީ ގިންތި:
އެއްވަނަ: އާމިނަތު ޒާރާ އިބުރާހިމް، 8އޭ
ދެވަނަ: މުހަންމަދު ލޫޠު އިބްރާހިމް ޒިޔާޢު، 9 އެސ3
ތިންވަނަ: އާމިނަތު އަލްޠާފް ޝާހީން 9 އެސް3
ދަށު ސާނަވީ ގިންތި:
އެއްވަނަ: އަހުމަދު އަޝްއަމް، 7ޑީ
ދެވަނަ: މުހަންމަދު އަޒްމު ހުސައިން، 7އެފް
ތިންވަނަ: އައިޝަތު ނައުރީން ޙަމްދީ، 7އޭ
އިބްތިދާއީ ގިންތި:
އެއްވަނަ: އާދަމް އަޔާޝް އިބްރާހިމް، 4ޖީ
ދެވަނަ: މުސްލިމް އަހުމަދު ނާސިޙު، 4ޑީ
ތިންވަނަ: މުހަންމަދު މިޝްއަލް ސަލްމާން، 4އީ
advertisment
ހިޔާލު