މިއީ ފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކަށް ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ޔޫ.އެން.ޑީ.ޕީ އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ފުވައްމުލަކުގައި މި މަސައްކަތު ބައްދަލުވުން ބޭއްވީ ހާފިޒް އަޙްމަދު ސްކޫލް ޓީޗާރސް ރިސޯސް ސެންޓަރުގައެވެ. މި ބައްދަލުވުމުގައި ފުވައްމުލަކު ހަތަރު ސްކޫލަކުން 28 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަސައްކަތު ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އާތިޔާ ނަސީރު އެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި މި މަސައްކަތުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރުގެ މުހިއްމުކަމަށް ވިދާޅުވިއެވެ. އަދި ސްކޫލް ދަރިވަރުންގެ މެދުގައި ދިވެހިރާއްޖޭގައި ފިކުރީ ހައްދުފަހަނައަޅައި ދިއުން އޮތް މިންވަރަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ރަނގަޅު މަގުދައްކައި ދިނުމަކީ ތަޢުލީމީ ދާއިރާގައި ކިޔަވައިދޭ ފަރާތްތަކުގެ މައްޗަށް ލާޒިމް ކުރާކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މި މަސައްކަތު ބައްދަލުވުމަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި އެމް.އެން.ޑީ.އެފް ސަދަން އޭރިއާ އަދި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި، ބޭއްވި ބައްދަލުވުމެކެވެ.
އެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ އެން.ސީ.ޓީ.ސީ އާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބޭފުޅުންގެ އިތުރުން މޯލްޑިވެސް އިސްލާމިކް ޔުނިވާރސިޓީ ގެ ވައިސް ޗާންސަލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. މިޕްރޮގްރާމް ހިންގާތާ ދެ އަހަރު ދުވަސްވަނީވެފައެވެ. އެ މުއްދަތުގައި ރާއްގެ އެކިސަރަޙައްދުތަކުގެ ސްކޫލްތަކަށް ވަނީ މިޕްރޮގްރާމް ހިންގައިފައެވެ.
advertisment
ހިޔާލު