ގދ. ވާދޫ ޕޮލިސް ސްޓޭޝަނުން ގދ.ވާދޫ ޖަމާލުއްދީން ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ލާރން ޓު ސުވިމް ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
ވާދޫ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 4 ން ގްރޭޑް 9 އަށް ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ލާރން ޓު ސުވިމް ޕްރޮގްރާމުގައި ފަތަން ދަސްކޮށް ދިނުމާއި ފެތުމުގެ ވައްތަރުތަކާއި ފެތުމުގައި ބޭނުން ކުރާ އުކުޅުތައް ދަސްކޮށްދީފައިވެއެވެ. އަދި މޫދަށް އެރި އުޅުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭ ގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.
ފާއިތުވި ސެޕްޓެމްބަރ މަހުގެ 8 ން މި އޮކްޓޯބަރ މަހުގެ 17 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ ވާދޫ ޖަމާލުއްދީން ސްކޫލުގައެވެ. މި ހިނގާ އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހު ބޭއްވި މިރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވާފައިވަނީ އަޕަރ ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ޙުސައިނެވެ.
މި ޕްރޮގްރާމުން 15 އަންހެން ދަރިވަރުންނާއި 19 ފިރިހެން ދަރިވަރުން ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ.
advertisment
ހިޔާލު