ތ.ވިލުފުށީ ސްކޫލާއި ވިލުފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން އެސްކޫލުގެ ގްރޭޑް 2،1 އަދި 3 ގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިިވަރުންނަށް ރޯޑް ސޭފްޓީއާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ނަގައިދީފިއެވެ.
މި މަހުގެ 20 ވަނަ ދުވަހު ވިލުފުށީ ސްކޫލުގައި ކުރިއަށް ގެންދިޔަ ސެޝަނުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، މަގު ހިނގާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ޓްރެފިކް ނިޝާންތަކާއި، ޓްރެފިކް ގަވައިދުތަކާ ގުޅޭ މައުލޫމާތުދީ ހޭލުންތެރި ކުރުވާފައިވެއެވެ.
ވިލުފުށީ ސްކޫލުގެ 68 ދަރިވަރަކު ބައިވެރިވި މި ސެޝަނުގައި މައުލޫމާތު ދީފައިވަނީ ވިލުފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.
advertisment
ހިޔާލު