މ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި މުލަކަތޮޅު ޤުރުއާން މުބާރާތުގެ އެއް ވަނަ ދިއްގަރު ސްކޫލް ހޯދައިފިއެވެ.
މިމަހުގެ 17 ން 18 އަށް މ.ދިއްގަރު ސްކޫލުގައި ބޭއްވި މުލަކަތޮޅު 24 ވަނަ ޤުރުއާން މުބާރާތުގެ އެއް ވަނަ ދިއްގަރު ސްކޫލް ހޯދިއިރު، މުބާރާތުން ދެވަނަ އަށް ދިޔައީ މ. މުލަކު ކައުންސިލް އިދާރާއެވެ. ތިން ވަނަ އަށް ދިޔައީ މ. އަތޮޅު މަދަރުސާއެވެ. މިފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ އިސްލާމީ މަރުކަޒްގެ އިމާމު ޝެއިޙް ނަސްރުﷲ ޢަލީ އެވެ. މުލަކަތޮޅު ޤުރުއާން މުބާރާތުގެ އެއް ވަނަ މިއަހަރު ދިއްގަރު ސްކޫލް ހޯދިއިރު، އެސްކޫލަކީ މިދިޔަ އަހަރުގެ މުބާރާތުގެވެސް އެއް ވަނައެވެ.
މި މުބާރާތުން އެންމެ ގިނަ މާކްސް ހޯދައިގެން އެއްވަނަ ދަރިވަރަކަށް ހޮވުނީ ދިއްގަރު ސްކޫލުގެ އާމިނަތު ލުޔޫނާ މުޙައްމަދުއެވެ.
މުބާރާތުގެ ގޮފިތަކުގެ ވަނަތަކަށް ބަލާލާއިރު ފޮތުން ކިޔެވުން 15 ފޮތުގެ ގޮފިން އެއް ވަނަ ހާސިލްކުރީ ދިއްގަރު ސްކޫލުގެ ޢާއިޝަތު ޘަރާ ޢުބައިދުއެވެ. މި ބައިން ދެވަނައަށް މުލަކު ކައުންސިލް އިދާރާގެ ޢާއިޝަތު ހައިފާ ޙަސަން ހޮވުނުއިރު، ތިން ވަނައަށް ހޮވުނީ މ. އަތޮޅު މަދަރުސާގެ އައްފާން އަޙްމަދު ރިޔާޟުއެވެ. ފޮތުން ކިޔެވުން – 5 ފޮތުގެ ބައިން އެއް ވަނަ އަށް ހޮވުނީ ދިއްގަރު ސްކޫލުގެ ޢާއިޝަތު ނިހުލާއެވެ. މިބައިން ދެވަނަ އަށް މުލަކު ކައުންސިލް އިދާރާގެ މަރްޔަމް އަމާނީ ހޮވުނުއިރު، ތިން ވަނައަށް ހޮވުނީ މުލަކު ކައުންސިލް އިދާރާގެ މުޙައްމަދު ރާމިން އިސްމާއިލް ރިޟާއެވެ. އަދި ފޮތުން ކިޔެވުން މުޅި ހަތިިމްގެ ގޮފިން އެއްވަނަ އަށް ދިޔައީ ދިއްގަރު ސްކޫލުގެ އާމިނަތު ލުޔޫނާ މުޙައްމަދުއެވެ. މިބައިން ދެވަނަ މ. އަތޮޅު މަދަރުސާގެ އާއިޝަތު ނާދާ ހޮވުނުއިރު، ތިން ވަނައަށް ދިޔައީ ދިއްގަރު ސްކޫލުގެ ޞާފިޔަތު ދުންޔާ މުޙައްމަދުއެވެ.

ހިތުން ކިޔެވުން ހަތަރު ފޮތުގެ ބައިން އެއް ވަނަ ދިއްގަރު ސްކޫލުގެ އަޙްމަދު ޝާތިރު ޢަލީ ހޮވުނުއިރު، މިބައިން ދެވަނަ އަށް ދިޔައީ މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފާތިމަތު މޫނިސާ މޫސާއެވެ. ފޮތުން ކިޔެވުން ދެ ފޮތުގެ ބައިން އެއް ވަނަ އަށް ހޮވުނީ މަޑުއްވަރީ ސްކޫލުގެ މުޙައްމަދު ޝިނާޒް ނިޔާޒްއެވެ. މިބައިން ދެވަނަ އަށް މ. އަތޮޅު މަދަރުސާގެ ޝިނާޒް މުޙައްމަދު ނާޞިރު ހޮވުނުއިރު، ތިން ވަނަ ހާސިލްކުރީ މުލަކު ކައުންސިލް އިދާރާގެ މަލްޙާ ޙަސަންއެވެ. އަދި ހިތުން ކިޔެވުން އެއް ފޮތުގެ ގޮފިން އެއްވަނަ އަށް ދިއްގަރު ސްކޫލުގެ ޙައްވާ ނުބްޙާ އާދަމް ހޮވުނުއިރު، ދެވަނަ އަށް ހޮވުނީ މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފާތިމަތު އީޝަލް އަޙްމަދު ޝަރީފްއެވެ. މިބައިން ތިން ވަނައަށް ހޮވުނީ މުލަކު ކައުންސިލް އިދާރާގެ އާއިޝަތު ޒަރާ ބިންތު ޝާހިދުއެވެ.
ހިތުން ކިޔެވުމުގެ ބައިިން މުޅި މުބާރާތުން އެއް ވަނަ އަށް ހޮވުނީ ދިއްގަރު ސްކޫލުގެ އަޙްމަދު ޝާތިރު ޢަލީއެވެ. ދެވަނަ އަށް މަޑުއްވަރީ ސްކޫލުގެ މުޙައްމަދު ޝިނާޒް ނިޔާޒް ހޮވުނުއިރު، ތިން ވަނައަށް ހޮވުނީ ދިއްގަރު ސްކޫލުުގެ ޙައްވާ ނުބްހާ އާދަމްއެވެ. ފޮތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނައަށް ދިއްގަރު ސްކޫލުގެ އާމިނަތު ލުޔޫނާ މުޙައްމަދު ހޮވުނުއިރު. ދެވަނަ އަށް ހޮވުނީ ދިއްގަރު ސްކޫލުގެ ޢާއިޝަތު ޘާރަ އުބައިދުއެވެ. މި ބައިން ތިން ވަނަ އަށް ހޮވުނީ މުލަކު ކައުންސިލް އިދާރާގެ ޢާއިޝަތު ހައިފާ ޙަސަންއެވެ.
މުބާރާތުގެ އެއްވަނަ ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު ދެވަނަ ޓީމަކަށް 3000 އަދި ތިން ވަނަ ޓީމަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވެއެވެ. މުޅި މުބާރާތުގެ އެއް ވަނަ ދަރިވަރަށް ވަނީ ދަރުމަ އުމްރާ ގްރޫޕުގެ ފަރާތުން އުމްރާ ދަތުރެއް އިނާމެއްގެ ގޮތުގައި ދީފައެވެ.
މުލަކަތޮޅު މިއަހަރުގެ ޤުރުއާން މުބާރާތުގެ ބައިވެރިންގެ ތެރޭގައި ހިމެނެނީ ރަށު ކައުންސިލްތައް ތަމްސީލްކުރި ދަރިވަރުންނާއި ސްކޫލުތައް ތަމްސީލްކުރި ދަރިވަރުންނެވެ. މުލަކަތޮޅު 24 ވަނަ ޤުރުއާން މުބާރާތުގައި 6 ރަށަކުން ޖުމްލަ 76 ދަރިވަރުން ބައިވެރިވެފައިވެއެވެ.
advertisment
ހިޔާލު