އަންނަ އަހަރު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ފޮނުވަން ފަށައިފި

2020 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ކިޔެވުމަށް ބޭނުންވާނެ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދުކޮށްފައިވާ ޓުވީޓެއްގައިވަނީ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ސުކޫލުތަކަށް ފޮނުވަން ފަށާފައިވާކަމަށާއި، އުންމީދަކީ މިއަހަރުގެ ކިޔެވުން ނިންމައި ރިޕޯޓްފޯމު ދޭދުވަހު ހުރިހާ ދަރިވަރުންގެ ފޮތްތައް ހަވާލުކުރުން ކަމަށެވެ.

ކޮންމެ އަހަރެއްގައިވެސް ރިޕޯޓު ފޯމު ހަވާލުކުރާ ދުވަހު ކުރިއަށް އޮންނަ އަހަރުގެ ފޮތް ލިސްޓް ދަރިވަރުންނާ ހަވާލުކުރެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑަމިކް ކަލަންޑަރުގައިވާގޮތުން، މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީއަށް ސުކޫލުތައް ބަންދުވާނީ އަންނަ މަހުގެ 21 ވަަނަ ދުވަހުއެވެ.

2020 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރު ބުނާގޮތުން ޖެނުއަރީ 7 ގައި ޓީޗަރުން ސްކޫލްތަކަށް ރިޕޯޓްކުރަން ޖެހޭނެއެވެ. އަދި ފުރަތަމަ ޓާމްގެ ކިޔެވުން ފަށާނީ ޖެނުއަރީ 12 ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *