އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ( އަރަބިއްޔާ ސްކޫލް) ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އަލްހާފިޒު ސުލްޠާން މުހައްމަދު ލަތީފު ހޮވައިފިއެވެ.
އަރަބިއްޔާގެ އިސްލާމިކް ފޯރަމްގެ ރައީސްކަންވެސް ކޮށްފައިވާ ސުލްޠާން ވަނީ ގައުމީ ފެންވަރުގައި ބޭއްވި ޤުރުޢާން ކިޔެވުމުގެ މުބާރާތްތަކުން ރަން ވަނަތަކެއް ހޯދާފައެވެ. ޤުރުޢާން ހިތުދަސްކޮށް، ހާފިޒު ކަމުގެ ސަނަދާއެކު، ރައީސުލްޖުމުހުރިއްޔާ ދެއްވާ ޚާއްޞަ އިނާމް އޭނާ ވަނީ 2016 ވަނަ އަހަރު ހޯދާފައެވެ.
އެއްމެމޮޅު ދަރިވަރަށް ހޮވުމުން އޭނާއަށް އަސްކޮއި ހައްޖު އެންޑް އުމްރާ ގްރޫޕުން ވަނީ އުމްރާ ދަތުރެއް ހަމަޖައްސާދީފައެވެ.
ވޭތުވެދިޔަ އަހަރު ތައުލީމީ ގޮތުން އެއްވަނަ ލިބުނީ މާޒިނާ އަބްދުއްރަހީމަށެވެ. އެންމެމޮޅު ސްކައުޓަކަށް ހޮވުނީ ޔޫސުފް އިނާޝް އިނާޒެވެ. ތައުލީމީގޮތުން އެންމެމޮޅު ސްކައުޓަކަށް ހޮވުނީ އަބްދުﷲ ސަރޫފް މުހަންމަދެވެ.
އެންމެމޮޅު ގާރލް ގައިޑަކަށް ހޮވުނީ އާމިނަތު އީމާން ހުސައިނެވެ. ތައުލީމީ ގޮތުން އެންމެ މޮޅު ގާރލް ގައިޑަކަށް ހޮވުނީ ފާތިމަތު ހުޔާމް ޚަލީލެވެ.
ވަނަވަނައަށް ފަރާތްތަކަށް އިނާމް ދެއްވީ ޖަލްސާގެ ޝަރަފުވެރިމެހުމާނު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝައިޚް އަލީ ޒާހިރު އަދި ސްޓޭޓް މިނިސްޓަރ އާއިޝަތު އާޠިޔާ ނަސީރެވެ.
advertisment
ހިޔާލު