ދިވެހިބަހުގެ އެކެޑަމީން ބާއްވަމުން އަންނަ ވާހަކަލިޔުމުގެ ޤައުމީ މުބާރާތުގެ 13 އަހަރާއި 16 އަހަރާ ދެމެދު ޢުމުރުފުރައިގެ ތަށި ޖެހިޖެހިގެން ތިން އަހަރު ހޯދައި އެ ތަށި ދަރުމަވަންތަ ސްކޫލުން މިލްކުކޮށްފިއެވެ.
ރޭ އޮލިންޕަހުގައި ކުރިއަށް ދިޔަ 2018 ވަނަ އަހަރުގެ އަދަބީ މުބާރާތްތަކުގެ ނަތީޖާފާޅުކުރުމުގެ ހަފުލާގައި މި ތަށި ދަރުމަވަންތަ ސްކޫލާ ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާން ސިވިލްސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.
ދަރުމަންވަންތަ ސްކޫލުންވަނީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރާއި އަދި ރޭ ނަތީޖާ ފާޅުކުރެވުނު 2018 ވަނަ އަހަރުގެ ވާހަކަލިޔުމުގެ ޤައުމީ މުބާރާތުން ކުރުވާހަކަ ލިޔުމުގައި ބައިން 1 ވަނަ ހޯދާފައެވެ. މި ޢުމުރުފުރައިން 1 ވަނަ ދަރިވަރަކަށް ހޮވުނީ ދަރުމަވަންތަ ސްކޫލުގެ ދަރިވަރު އިސްމާޢީލް އީޖާޒު ނަޢީމެވެ. އަދި މި ޢުމުރު ފުރައިން 3 ވަނަ ހޯދީ ވެސް ދަރަމަވަންތަ ސްކޫލު ދަރިވަރު ޢަބްދުﷲ ފައުޒާން އަޙުމަދެވެ.
ވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 1 ވަނަ ހޯދާފައިވަނީ އިހަވަންދޫ ސްކޫލުންނެވެ. މި ޢުމުރުފުރައިގެ 1 ވަނަ ދަރިވަރަކަށް ހޮވިފައިވަނީ އިހަވަންދޫ ސްކޫލުގެ ޢާއިޝަތު ޢިލްމާ އަދުނާން އެވެ.
ރޭގެ ޖަލްސާގައި ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން ލިޔެފައިވާ ވާހަކަތަކުގެ މައްޗަށް އެކުލަވާލާފައިވާ ދަރުމައިގެ 3 ވަނަ މަޖައްލާ " ނޫ ނޫރު" ފޮތް ވެސް ނެރެވުނެވެ. މި ފޮތް ނެރެދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއެވެ.
ވާހަކަލިޔުމުގެ ޤައުމީ މުބރާތުގެ ވަނަތައް
13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިން 1ވަނަ ދަރިވަރު، އިސްމާއީލް އީޖާޒު ނަޢީމް، ދަރުމަވަންތަ ސްކޫލް
13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިން 1ވަނަ އިސްކޫލް، ދަރުމަވަންތަ ސްކޫލް
13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިން 2ވަނަ ދަރިވަރު، އާމިނަތު ޒަހާ ޒާހިރު އިހަވަންދޫ ސްކޫލް
13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިން 2ވަނަ އިސްކޫލް، އިހަވަންދޫ ސްކޫލް
13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިން 3ވަނަ ދަރިވަރު، ޢަބްދުﷲ ފައުޒާން އަޙްމަދު، ދަރުމަވަންތަ ސްކޫލް
13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިން 3ވަނަ އިސްކޫލް، ޖަމާލުއްދީން ސްކޫލް
16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 1ވަނަ ދަރިވަރު، ޢާއިޝަތު ޢިލްމާ އަދުނާން، އިހަވަންދޫ ސްކޫލް
16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 1ވަނަ އިސްކޫލް، އިހަވަންދޫ ސްކޫލް
16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 2ވަނަ ދަރިވަރު، މުޙައްމަދު ޝާފީ، ޖަލާލުއްދީން ސްކޫލް
16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 2ވަނަ އިސްކޫލް، ސެންޓަރ ފޮރ ހަޔަރ ސެކެންޑްރަޑީ އެޑިޔުކޭޝަން
16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 3ވަނަ ދަރިވަރު، ފާޠިމަތު ރާޔާ ރަޢޫފް، އިހަވަންދޫ ސްކޫލް
16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 3ވަނަ އިސްކޫލް، ޖަލާލުއްދީން ސްކޫލް
މަތީ ތައުލީމުގެ ބައި 3ވަނަ ބައިވެރިޔާ، ޢާއިޝަތު ޝައުފާ މުޙައްމަދު ވަޙީދު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
advertisment
ހިޔާލު