ވަޒީފާ ދޫކޮށްލާ މުދައްރިސުންގެ ނިސްބަތް އިތުރުވުމަކީ ފިކުރުކުރަން ޖެހިފައިވާ ކަމެއް: އެޑިއުކޭޝަން މިނިސްޓަރު

މުޅި ދުނިޔެއަށް ބަލާއިރުވެސް ވަޒީފާ ދޫކޮށްލާ މުދައްރިސުންގެ ނިސްބަތް އިތުރުވަމުން ދިއުމަކީ ފިކުރުކުރަން ޖެހިފައިވާ މައްސަލައެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ނުރެއްވި ޙިޠާބުގައި ވިދާޅުވި ގޮތުގައި ހަރަކާތްތެރި މުދައްރިސުންގެ އައު ޖީލެއް ނުއުފެދޭނަމަ ފެންވަރު ރަނގަޅު ތައުލީމެއް ލިބިގަތުމުން އެތައް ކުދިންނެއް މުސްތަގުބަލުގައި މަހުރޫމްވެގެންދާނެ ކަމަށާއި، މުދައްރިސުންނަށް ދޭ ގަދަރާއި މުސާރަ ކުޑަކަމުން އެމީހުން ވަޒީފާއަށް ގެނުވާ ދެމެހެއްޓުމަކީ ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.

މިއަހަރު ފާހަގަ ކުރަމުންދާ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން މުޅި ދުނިޔޭގައިވެސް ވަޒީފާ ދޫކޮށްލާ މުދައްރިސުންގެ ނިސްބަތް ދަނީ މުޅި ދުނިޔޭގައިވެސް މަތިވަމުންދާ ކަމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ފާހަގަކޮށްފައިވާ ކަމަށް އެ ކަމަނާގެ ޙިޠާބުގައި ވިދާޅުވެފައިވެއެވެ.
" މިހެން ދިމާވާ ދެ ސަބަބަކީ ކުރިމަގު އުޖާލާކަމަށް ނުފެނުމާއި، ވަޒީފާގެ ނުތަނަވަސްކަން ބޮޑުވުމެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ރެފިއުޖީންނާއި ގިނަ ބަސްތައް ދަންނަ ކުދިންނަށް އުގައްނައި ދޭން ބޭނުންކުރާ ވަޞީލަތްތައް މަދުވުމެވެ "

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮންމެ މީހެއްގެ ފިކުރާއި ކުރިމަގު ބަދަލުކޮށްލި ކޮންމެވެސް އެއް މުދައްރިސަކާ ބައްދަލުވެފައިވާނެ ކަމަށާއި، އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތައް ކުރިއަރައި ދިޔަ ސަބަބަކީ އެމީހުންނާ ދިމާވި ޓީޗަރުންގެ ސަބަބުންނެވެ.
" މުދައްރިސްކަމަކީ އެ ކަމުގެ ހެޔޮ އަސަރުތައް ޒަމާންތަކަށް ދެމިގެންދާ މަތިވެރި މަސައްކަތެއް" އެކަމަނާ ވިދާޅުވި އެވެ.

މި ޙިޔާބުގައި މިނިސްޓަރު ވަނީ ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ތަހުނިޔާ ދަންނަވައި އެ މުދައްރިސުންނަށް ހައްގު ޝުކުރު އަދާކުރުމަކީ، އަދި އެދެވޭ އުޖޫރައެއް ދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރައްވާފައެވެ.
" އެއަށްވުރެ އެމީހުންގެ މަސައްކަތް ބުރަ، މާ މަތިވެރި"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *