ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ސްކޫލްތަކުގައި ފާހަގަކޮށްފި

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ސްކޫލްތަކުގައި ފާހަގަކޮށްފިއެވެ.
ގިނަ ސްކޫލްތަކުގައި ވަނީ މިކަމާ ގުޅޭ ޚާއްސަ ބައްދަލުވުމެއް ބާއްވާ ދަރިވަރުންނަށް ކަބޯތަކެއްޗާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް މައުލޫމާތު ދީފައެވެ. މީގެތެރޭގައި ފައިދާ ހުރި ކާނާއާއި ނިއުޓިރިޝަނާ ގުޅޭ މައުލޫމާތު ހިމެނެއެވެ.

ތައުލީމީ ވުޒާރާގެ ތައުލީމީ ގުޅުމުން އިސްނަގައިގެން ވަނީ އެ ވުޒާރާގައިޚާއްޞަ ނާސްތާއެއް ބާއްވާފައެވެ. މި ނާސްތާގައި ވަޒީރުގެ އިތުރުން އެ ވުޒާރާގެ އިސްވެރިން ވަނީނ ބައިވެވަޑައިގެންފައެވެ.

އަދި ބައެއް ސްކޫލްތަކުގައި ވަނީ ދުވަހާ ގުޅިގެން ތަފާތު މުބާރާތްތަކެއް ބާއްވާފައެވެ. ބުރުނީ ސްކޫލުން ވަނީ ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް އެ ސްކޫލްގައި ބާއްވާފައެވެ.

ވެމްކޯއިން ވަނީ އުކާލެވޭ ކާބޯތަކެތީގެ މައުލޫމާތު ދީ، ކުދި މަދުކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ހިރިޔާ ސްކޫލްގެ ދަރިވަރުންނާ ހިއްސާ ކޮށްފައެވެ.
ބައިނަލް އަގުވާމީ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *