މުރާލި ކަމާއި ސިއްޙަތު ރަނގަޅު ޖީލެއް ބިނާކުރުމަށް އަނބުރުވެރިކަމާއެކު އުޅެވޭނެ އާމްދަނީއެއް ޓީޗަރުންނަށް ދޭންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
" ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު ކަމަކީ،ހިކުމަތްތެރި، މުރާލި ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުން. އެފަދަ ބަޔަކު އުފެއްދޭނީ އެ ސިފަތައް ހުރި ޓީޗަރުންނަށް އޮންނަ ހުރުމަތް މަތިކޮށް މޮޅު ދަރިވަރުން ޓީޗަރުންނަށް ވާން އިނާޔާތް ދީ އަބުރުވެރިކަމާއެކު އުޅެވޭނެ އާމްދަނީއެއް ދީގެން"
މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ ޓީޗަރުންނަށް ވަރަށް ބޮޑަށް އިހުތިރާމްކުރި ބައެއް ކަމަށާއި ނަމަވެސް މި މުހިއްމު މަސައްކަތަށް މިހާރު ދޭންޖެހޭ ގަދަރު ކުޑަވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މަދަރުސާ ނިންމާ މޮޅެތި ކުދިން މުދައްރިސްކަމަށް ކުރިމަތި ލުމަކީ ރާއްޖޭގެ ތައުލީމަށް ރޯޝަނީ އާ ދައުރެއް ގެނައުމަށް ކުރަންޖެހޭ ކަމެކެވެ.
މިނިސްޓަރު ވިދާޅުވީ ފެންވަރު ދަށް ޓީޗަރުން ކިޔަވައިދޭނަމަ ދަރިވަރުން ކިޔެވުމުގެ މަތިން ފޫހިވެދާނެ ކަމަށާއި މޮޅެތި ޓީޗަރުންނާއެކު ކުދިން ކިޔަވާނަމަ ދަރިވަރުން މޮޅުވާނެ ކަމަށެވެ.
" ދަރިވަރު، ފެންވަރު ރަނގަޅު ޓީޗަރަކާއެކު ދެތިން އަހަރު ހޭދަކޮށްފި ނަމަ އެކަމުގެ ހެޔޮ އަސަރު އެ ދަރިވަރުގެ މުޅި އުމުރަށް ކުރާނެ " ސާނަވީ ގަދަ ދިހައެއް އިއުލާން ކުރި ޖަލްސާގައި މިނިސްޓަރު ވިދާޅުވި އެވެ.
advertisment
ހިޔާލު