ސާނަވީ އިންތިހާނުން މުޅި ދުނިޔެއިން އެއްވަނަ ހަ ދަރިވަރަކަށް، ރާއްޖެއިން އެއްވަނަ އަށް ދަރިވަރަކަށް

ސާނަވީ އިންތިހާނުން މުޅި ދުނިޔެއިން އެއްވަނަ ހަ ދަރިވަރަކު ހޯދާ، ރާއްޖެއިން އެއްވަނަ އަށް ދަރިވަރަކު ހޯދައިފިއެވެ.
މި ދަރިވަރުންނަށް މެޑަލްއާއި އިނާމް ދެއްވީ ރައީސުލްޖުމުޙުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ދުނިޔެއިން އެއްވަނަ ހޯދި ކުދިންގެ ތެރޭގައި 53 ކުއްޖަކު ހިމެނުނެވެ. އޭގެ ތެރެއިން އެއްވަނައިގެ ގޮތުގައި ރޭ މެޑަލް ލިބުނީ ހަ ކުއްޖަކަށެވެ.
ސާނަވީ އިންތިހާނުން ރާއްޖެއިން އެއްވަނަ ހޯދާފައި ވަނީ އަށް ކުއްޖެކެވެ.

ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުން

1- އިބްރާހިމް ޔައިޝް ޝާކިރު، ދަރުމަވަންތަ ސްކޫލް، މެރިން ސައިންސުން
2- ޒަޔާން ސައުދުﷲ، ހއ. އުލިގަމު ސްކޫލް، މެތަމެޓިކްސް އިން
3- އަހުމަދު ރަސަލް ތަސްލީމް، އަހުމަދިއްޔާ ސްކޫލް. ބިޒްނަސް އަދި އިކޮނޮމިކްސް އިން
4- ޒަޔާން އަބްދުﷲ ނާޒިލް، އިސްކަންދަރު ސްކޫލް، ބަޔޮލޮޖީންލ
5- އާމިނަތު ލާމިއާ މަގްބޫލް، އިސްކަންދަރު ސްކޫލް، ޓްރެވެލް އެންޑް ޓޫރިޒަމް އިން
6- އަޒްމާން އަބްދުﷲ، ބިލަބޮންގް ސްކޫލް، ސޯޝަލޮޖީން

ރާއްޖެއިން 1 ވަނަ ހޯދި ދަރިވަރުން

1- އަހުމަދު އީޖާޒް ހުސެއިން، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު
2- އާމިނަތު ޖަންނަ، އަމީނިއްޔާ ސްކޫލް
3- އާމިނަތު ނޫހާ ނިމާލް، ކަލާފާން ސްކޫލް
4- ހާޝިމް އިބްރާހިމް. ފ. އަތޮޅު ތައުލީމީ މަރުކަޒު
5- އިބްރާހިމް ޔައިޝް ޝާކިރު، ދަރުމަވަންތަ ސްކޫލް
6- މަރިޔަމްް އިނާން އިބްރާހިމް ރަޝީދު، އަމީނިއްޔާ ސްލޫލް
7- މުހައްމަދު އައިލަމް ހުސެއިން، އަހުމަދިއްޔާ ސްކޫލް
8- ޔޫސުފް ޔާނިއު އަހުމަދު، ޖަމާލުއްދީން ސްކޫލް

ހުސްވި އަހަރު އޯލެވެލްގައި 6600 ކުދިން ބައިވެރިވެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގަދަ ދިހަ އެއްގެ ތެރޭގައި ހިމެނިފައި ވަނީ 404 ކުދިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *