ހުސްވި އަހަރު އިސްކަންދަރު ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާއިޝަތު ރަފާ ނާޒިމް ހޯދައިފިއެވެ.
ހުސްވި އަހަރު އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަމާއި އެކްޓިވިޓީސް ކެޕްޓަންކަން ކަމުގެ އިތުރުން ޑެޕިއުޓީ ބޭންޑު ލީޑަރުކަންކޮށް، ފާއިތުވި ދެ އަހަރު ކިޔެވުމަށް އެންމެ ރަނގަޅު ބޭންޑްސްމަންގެ މަގާމު ވެސް ހޯދައިފަ އެވެ.
މިދިޔައހަރު އެސްކޫލުން ދެވަނަ ލިބިފައިވަނީ މިދިޔައހަރުގެ އެސްކޫލްގެ ޑެޕިއުޓީ ކެމްޕަޓަން އީމާ ޢަލީ ފިރާޤެވެ. އަދި ތިންވަނަ ހާޞިލްކޮށްފައިވަނީ ކެޕްޓަން ޢާއިޝަތު އަނާމީލް އަޙްމަދެވެ.
ރަފާވަނީ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނި އިނގިރޭސި މާއްދާއިން ދުނިޔޭގެ ގަދަ 10 އެއްގައި ވެސް ހިމެނިފަ އެވެ.
ނިމިދިޔަ އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް އިން ރަފާ ވަނީ ޓީޓީ ސިންގަލްސް އިން ރިހި މެޑަލް ހޯދައިފަ އެވެ. ޓީޓީ އަންހެން ކެޓަގަރީގެ ޓީމް އިވެންޓް އިން ރަފާ އާއި ދީމާގެ ޕެއާ ވަނީ ރަން މެޑަލް ހޯދައިފަ އެވެ.
advertisment
ހިޔާލު