ދިރާސާކުރުމަށް، ނުވަ ފަރާތަކަށް 2.6 ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މާލީ އެހީ ފޯރުކޮށް ދީފިއެވެ.
މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މާލީ އެހީ ފޯރުކޮށްދިނީ، އެ ޔުނިވާސިޓީން ހުޅުވާލި ފުރުޞަތުގައި ހުށަހެޅި ޕްރޮޕޯސަލްގެ ތެރެއިން ހޮވި ނުވަ މީހަކަށެވެ. ޔުނިވާސިޓީން ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައި ވަނީ ދިހަ ޕްރޮޕޯސަލްއެވެ.
އެމްއެންޔޫއިން ބުނީ ހަ މަހާއި އެއް އަހަރު ދުވަހުގެ މުއްދަތެއް މި ދިރާސާތައް ކުރަން ހޭދަވާއިރު، ދިހަ ހާހާއި ނުވައްކަ ރުފިޔާ ދެމެދުގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. މި ދިރާސާތައް އެ ޔުނިވާސިޓީގެ ޖާނަލްތަކުގައި ޝާއިއު ކުރުމުގެ ފުރުޞަތު ދޭނެއެވެ.
ދިރާސާ ކުރައްވަން މާލީ އެހީ ފޯރުކޮށްދިން ޕްރޮޕޯސަލް ތަކުގެ ތެރޭގައި ހިމެނެނީ ތައުލީމާއި ސިއްޙަތާއި، ތިމާވެއްޓާ ގުޅޭ ދިރާސާ ތަކެވެ. އެމްއެންޔޫއިން ދަނީ 2014 ވަނަ އަހަރުން ފެށިގެން ދިރާސާތައް ކުރުމަށް މާލީ އެހީ ފޯރުކޮށްދެމުންނެވެ.
ދިރާސާކުރަން އެހީ ދިން ފަރާތްތަކަކީ:
ޑރ. ޝީޒާ އަލީ
ޑރ. ފަޒީލާ ވަހީދު
ޑރ. ރަހީމާ އަބްދުއްރަހީމް
ރިފުއަތު ހަސަން
މުހައްމަދު ރިޔާޒު
އާމިނަތު ޒުބައިރު
ނިއުމާ މުހައްމަދު
ފާތިމަތު ޝަފީގު
ޝިފާޒާ އާދަމް
advertisment
ހިޔާލު