ކާބޯތަކެތީގެ ދުވަސް ސްކޫލުތަކުގައި ފާހަގަކޮށްފި

މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގެރިކަލްޗަރ އަދި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން މާލެއާއި އަތޮޅުތަކުގެ ގިނަ ސްކޫލުތަކުގައި މިއަދު ޙާއްސަ ހަރަކާތްތެކެއް ކުރިއަށް ގެންގޮސްފިއެވެ.

ގިނަ ސްކޫލުތަކުގައި މިއަދު ކާބޯތަކެތިގެ ދުވަސް ފާހަގަކުރީ ހެނދުނުގެ ނާސްތާއާ އެކު ދުވަހުގެ ޝިއާރާއި ގުޅުވައިގެން ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމާއި އެކަމުގެ އާދަ އަށަގެންނެވުމުގެ މުހިންމުކަމުގެ މައްޗަށެވެ. އެގޮތުން ސްކޫލުތަކުގައި ތަޢުލީމު ޙާޞިލް ކުރަމުންދާ ދަރިވަރުންނަކީ މާދަމާ ޤައުމުގެ މުސްތަޤްބަލް ކަމަށްވުމާއެކު ދަރިވަރުންގެ ކެއިންބުއިމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތުދީ ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތްތަކެއް ސްކޫލުތަކުގައި ކުރިއަށް ގެންދިޔައެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހަކީ 1981 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *