ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރާ ސްކޫލް ޑިޒައިން ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރާ ސްކޫލް ޑިޒައިން ކުރުމަށް އާރކްއެންޖު ސްޓޫޑިއޯއާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒުއެވެ. އަދި އާރކްއެންޖު ސްޓޫޑިއޯގެ ފަރާތުން ސޮއިކުރެއްވީ މުޙައްމަދު ހަމީންއެވެ. އެއް ލައްކަ ސޯޅަ ހާސް ހަސަތޭކަ ރުފިޔާއަށް މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާގޮތަށެވެ.

މި ސްކޫލަކީ އައު މަންހަޖާ ގުޅޭފަދަ ގޮތަކަށް ރާއްޖޭގައި ޢިމާރާތްކުރާ އެންމެ ފުރަތަމަ ދެސްކޫލުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. އައު މަންހަޖާ އެއްގޮތަށް ދެން އެޅުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *