އިސްކަންދަރާއި ޖަމާލުއްދީން ސްކޫލުން ޖާގަ ހޯދަން ސައްޙަނޫން ލިތުންތަކެއް ހުށަހަޅާފައިވާ ކަމަށާއި އެއް ގެއަކުން 50 ކުދިންނަށް ޖާގަ ހޯދަން ހުށަހަޅާފައިވާ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖަމާލުއްދީނާއި އިސްކަންދަރު ސްކޫލުގެ ގްރޭޑް އެކަކުން ޖާގަ ދެވެން އޮތްވަރަށްވުރެ އިތުރަށް، ޖާގަ ހޯދަން އެދިފައިވާ ކަމަށެވެ. އެ ވުޒާރާއިން ބުނީ އަންނަ އަހަރު އިސްކަންދަރު ސްކޫލުގެ ގްރޭޑް އެކެއްގައި އޮތް 90 ޖާގައަށް 288 ދަރިވަރަކު ވައްދަން ހުށަހަޅާފައިވާ ކަމަށެވެ. އަދި ޖަމާލުއްދީން ސްކޫލްގެ ގްރޭޑް އެކެއްގައި އޮތް 120 ޖާގައަށް 396 ދަރިވަރުން ވައްދަން ހުށަހަޅާފައިވާ ކަަމަށެވެ.
ތައުލީމީ ވުޒާރާއިން ބުނީ އިސްކަންދަރާއި ޖަމާލުއްދީން ސްކޫލް ހިމެނޭ ސަރަހައްދުގައި ހުރި ބައެއް ގޭގޭގައި ގްރޭޑް އެކަކަށް ވަންނަ އުމުރު ފުރައިގެ 40 އާއި 50 ދެމެދުގެ އަދަދަކަށް ދަރިވަރުން އުޅޭކަމަށް ބުނެ ސިޓީ ހުށަހަޅާފައިވާ ކަމަށެވެ.
" މިނިސްޓްރީން ބެލި ބެލުމުން މި ގެތަކުގައި އެ އަދަދަށް ދަރިވަރުން ދިރި ނޫޅޭކަން ފާހަގަކުރެވިފައިވޭ" އެ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ސްކޫލެއް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނަށް ލިބޭ ފުުރުޞަތު މިކަމުގެ ސަބަބުން ހަނިވެގެން ދާކަމަށާއި، އިސްކަންދަރާއި ޖަމާލުއްދީން ސްކޫލް ހިމެނޭ ސަރަހައްދުން ސްކޫލަށް ވަނުމަށް އެދިފައިވާ ދަރިވަރުންނަށް އިންސާފުވެރިކަމާއިއެކު ފުރުސަތު ދޭނެކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ތައުލީމީ ވުޒާރާއިން ބުނީ މާލޭގެ ސްކޫލްތަކަށް ކުދިން ވެއްދުމަށް އުޞޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެ އުޞޫލުގައިވާ ގޮތުގެ މަތިން މާލޭ ސަރަހައްދުގައި ހުރި ހުރިހާ ސްކޫލަތަކަށްވެސް ޖާގަ ހަމަޖައްސައިދޭނެ ކަމަށެވެ.
ސްކޫލްތަކަށް ކުދިން ވަައްދަން ޖާގަ ޖެއްސުމުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް އެއްވެސް ތަފާތުކުރުމެތް ނެތި ހަމަހަމަ ކަމާ އެކު އިންސާފުން ޚިދުމަތްދޭނެ ކަމުގެ ޔަގީންކަން މި ބަޔާނުގައި، ތައުލީމީ ވުޒާރާއިން ވަނީ ދީފައެވެ.
އަންނަ އަހަރު ސްކޫލްތަަކަށް ކުދިން ވެއްދުމުގައި އިސްކަންދޭނެ ތަރުތީބު ބަޔާންކޮށް އެ ވުޒާރާއިން ބުނެފައި ވަނީ، ފުރަތަމަ އިސްކަންދޭނީ ދަރިވަރު މާލޭގައި ރަށްވެހިވެފައިވާ އެޑްރެހަށް ބަލައި އެންމެ ކައިރި ސްކޫލަކުންނެވެ.
އަދި ބަދަލުވާން އެދޭ ސްކޫލްގައި އެއްބަނޑު އެއްބަފާ ދަރިވަރަކު ހުރި ނަމަވެސް ބަދަލުކޮށް ދެވޭނީ އެ ދަރިވަރަކީ އެ ސްކޫލް ހުރި ސަރަހައްދަށް ނިސްބްތްވާ ކުއްޖެއް ނުވަތަ ކުދިންނަށް ވެއްޖެނަމައެވެ.
ސްކޫލުގައި ކިޔަވައިދޭ ދާއިމީ ޓީޗަރުންގެ އުފަން ދަރިން ނުވަތަ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިންނަށްވެސް ސްކޫލަށް ވަނުމުގެ ފުރުޞަތު ވަނީ ދީފައެވެ.
މާޅޭގެ ރަށްވެހިންނަށް ޖާގަ ދިނުމަށްފަހު، ބާކީ ހުރި ޖާގަތަކަށް ދަރިވަރުން ހަޖަމަޖައްސާނީ ދަރިވަރުން ދިރިއުޅޭ އެޑްރަހަށް ބަލައިގެން ކަމަށް އެ އުޞޫލުގައި ބުނެފައިވެ އެވެ.
advertisment
4 Responses
އަލީ. އިބްރާޙިމް ފުޅު ——> —> —–> —-> ….((((((((((((((((())))))))))))))))))))))ިަޖދސކަދޖކަސދ
ަކސދޖަކދޖަ
ދަސކދަސދޖކަޖދަކސދ
ަޖސދަޖސދޖަކސދ
ަސދަޖދކަސދ
ހޖހޖހހޖހ