މުދައްރިސުންގެ ދުވަސްފާހަގަ ކުރަން ސ. ހުޅުދޫ ސްކޫލުން ހިންގި ޙަރަކާތްތަކުގެ ތެރެއިން އެންމެ ފޯރިގަދަ އެއް ކަމަކީ ފަރުމަސްވެރި ކަމުގެ މުބާރާތެވެ. އެ ސްކޫލުގެ ޕްރިންސިޕަލް ނާޒުނީން ޢަބްދުﷲ ވިދާޅުވީ އެމުބާރާތުގައި ޖުމްލަ ތިން ޓީމު ބައިވެރިވި ކަމަށެވެ.
އެ މުބާރާތުން އެއްވަނަ ހޯދީ ރެޑު ޓީމުގެ ނަޒުހަތު ޝަފީގު އާންޓީ އެވެ. އެދުވަހު ބޭނި މަހުން ވަނީ މުދައްރިސުންނަށް ބާބަކިއުއެއް ހަދައިދީފައެވެ. މިއީ މުދައްރިސުންގެ ދުވަހު މުދައްރިސުން އެދިގެން ހަމަޖައްސައިންދިން ދަތުރެކެވެ.
މަސް ދަތުރުގެ އިތުރަށް ޓީޗަރުންގެ ހުނަރު ދައްކާލުމުގެ ޝޯއަކާއި، މަދަޙަ މުބާރާތަކާއި، ކަރޯކޭ މުބާރާތަކާއި ޤުރުއާން މުބާރާތެއް ވަނީ ބާއްވައިފައެވެ. ޤުރުއާން މުބާރާތުން އެއްވަނަ ހޯދީ އާމިނަތު މާޒިނާ އާންޓީއެވެ. މަދަޙަ މުބާރާތުން އެއްވަނަ ހޯދީ އެޑުމިން އޮފިސަރ ޝާހީން ޢަލީއެވެ.
ހުޅުދޫ ސްކޫލުން ފާހަގަކުރި މުދައްރިސުންގެ ހަފްތާ ނިންމާލީ ކެނެރީފް ރިސޯރޓްގައި ބޭއްވި "ޓީޗަރސް ގާލާ ނައިޓް" އިންނެވެ. މުބާރާތްތަކުން ވަނަތައް ހޯދި މުދައްރިސުންނަށް އިނާމް ޙަވާލުކޮށްދީފައިވަނީ އެ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ވަނީ މުދައްރިސުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހެޔޮއެދޭ ފަރާތްތަކުން އަގޮބޮޑު ހަދިޔާ ޙަވާލުކޮށް ދީފައެވެ.
advertisment
ހިޔާލު