ވޭތުވެދިޔަ އަހަރު ތޮއްޑޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ހަދީޖާ ފައިހާ ހޮވައިފިއެވެ.
ތޮއްޑު ސްކޫލްގައި ބޭއްވި ޚާއްޞަ ޖަލްސާގައި، އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ދަރިވަރަށް އިނާމް ދެއްވީ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
ފައިހާ ވަނީ ހުސްވި އަހަރުގެ އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނިފައެވެ. ތޮއްޑޫ ސްކޫލްގައި ކިޔެވިއިރު އޭނާ އަކީ ހައުސް ކެޕްޓަނެއްގެ އިތުރުން ޕްރިފެކްޓެކެވެ.

އިންޑިޔާގެ ޖުމްހޫރީ ދުވަހާ ގުޅިގެން އެގައުމުގައި ބޭއްވި ހަރަކާތްތަކުގައި ރާއްޖެއިން ބައިވެރިވި ހަތަރު ކެޑޭޓުންގެ ތެރޭގައި ފައިހާ ވަނީ ހިމެނިފައެވެ.
ފައިހާގެ ކާމިޔާބީއާ ގުޅިގެން މަންމައާއި ބައްޕަ ބުނީ ފައިހާ އަކީ ބަސްއަހާ އަޚުލާގު ރަނގަޅު ކުޖެއްކަމަށާއި، ދުވަހުން ދުވަހަށް ދޭ ފިލާވަޅުތައް ފަރުވާތެރިކަމާއެކު ދަސްކުރާ ކަމަށެވެ.
" ގަޑިއަށް ފަރުވާތެރިވާނެ. އެންމެ ދުވަހަކު ގަޑިޖެހިގެން ސްކޫލަށް ދިޔައީ. އެދުވަހު ހުރީ ރޮވިފައި. އެހާވެސް ގަޑިއަށް ފަރުވާތެރިވާނެ" ފައިހާގެ މަންމަ ބުންޏެވެ.
" ވަރަށް އަޒުމް ވަރުގަދަވާނެ. ކުރަން ހިތުލާ ކަމެއް ކޮށްފައި ނޫނީ ދޫކޮށް ނުލާނެ"
advertisment
ހިޔާލު