ކިހާދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހައިމާ

ބ. ކިހާދޫ ސްކޫލުން ހުސްވި އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ފާތުމަތު ހައިމާ ހާރޫން ހޮވައިފިއެވެ. ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް)ގައި ރޭ ބޭއްވި އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި، އެއްވަނައަށް އައި ހައިމާއަށް އިނާމް ދެއްވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއިކޭޝަންގެ އެޑިޔުކޭޝަން އޮފިސަރު އަހްމަދު ހަލީމެވެ.

ހައިމާ ވަނީ އޯލެވެލްގެ ގައުމީ ގަދަ ދިހައެއްގެ ފަސްވަނައިގައި ހިމެނި، ހަތަރު މާއްދާއިން އޭ ސްޓާ އާއި ހަތަރު މާއްދާއިން އޭ ހޯދާފައެވެ.
ކިހާދޫ ސްކޫލްގެ ކެޕްޓަންކަން ކޮށްފައިވާ ހައިމާ މިހާރު ކިޔަވަމުން ގެންދަނީ ސީއެޗްއެސްއީގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *