އަހުމަދިއްޔާގެ އެންމެ މޮޅު ދަރިވަރަކަށް ރަސަލް އާއި ސާނީ

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ރަސަލް ތަސްލީމް އާއި ހުސެއިން ސާނީ ހޮވައިފިއެވެ.

ރަސަލް ވަނީ ގައުމީ ގަދަ ދިހައެއްގެ ތިންވަނައިގައި ހިމެނި، އިކޮނޮމިކްސް އާއި ބިޒްނަސް އިން މުޅި ދުނިޔެއިން އެއް ވަނަ ހޯދާފައެވެ. އަދި އޭނާ ވަނީ އެކައުންޓިންގ އިން ރާއްޖެއިން އެއްވަނަ ހޯދާފައެވެ.
ސާނީ ވަނީ ގަދަ ދިހައެއްގެ ހަތަރުވަނއިގައި ހިމެނި، އެކައުޓިން އިން ދުނިޔެއިން އެއް ވަނަ ވެސް ހޯދާފައެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މި އިނާމްތައް ދެއްވީ ޝަރަފުވެރިމެހުމާނު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

އަހުމަދިއްޔާގެ 42 ދަރިވަރަކު ވަނީ ހުސްވި އަހަރު އޯލެވެލް އިމްތިހާނުގައި ގައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އެއްވެސް ކުއްޖަކު ބާކީ ނުކޮށް، 204 ކުދިން އޯލެވެލްގައި ބައިވެރިކޮށް، ފަސް މާއްދާއިން ފާސްވި ރޭޓަކީ 94އިންސައްތައެވެ. އަދި ފަސް މާއްދާއިން ދުނިޔޭގެ ފެންވަރުގައި ތިން ދަރިވަރަކު ހިމެނިފައިވެއެވެ. އޭލެވެލްގައި 294 ދަރިވަރުން ހުސްވި އަހަރު ބައިވެރިވެ 27 ދަރިވަރަކު ވަނީ ގައިމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. ތިން މާއްދާއިން ދުނިޔޭގެ ފެންވަރުގައި ހަތަރު ދަރިވަރަކު ހިމެނިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *