ކުރިޔަށް އޮތް ފަސް އަހަރަށްވެސް ޓޮޕް އެޗީވާސް އެވޯޑްގެ ސްޕޮންސަރަކަށްވުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައި، އެ ކުންފުންޏާއެކު ސޮއިކޮށްފި އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އައިޝަތު ޝައްފާނާ ރަޝީދު އެވެ.
މިދިޔަ ފަސް އަަހަރުގައިވެސް މި އެވޯޑް ސްޕޮންސަރ ކޮށްފައި ވަނީ އެސްޓީއޮއިންނެވެ. މިއީ މި އެވޯޑް އެސްޓީއޯއިން ވިދިވިދިގެން ސްޕޮންސާ ކުރާ 10 ވަނަ އަހަރުކަންވެސް އެ ކުންފުނިން ފާހަގަ ކުރި އެވެ.
advertisment
ހިޔާލު