ނިމިގެންދިޔަ އަހަރު ކަލާފާނު ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ނޫހާ ނިމާލް ހޮވައިފިއެވެ. އޭނާ ވަނީ އޯލެވެލްގެ ގަދަ ދިހައެއްގެ އެއްވަނަގައި ހިމެނިފައެވެ.
ކަލާފާނު ސްކޫލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެއްވަނަ އަދި ދެވަނަ ދަރިވަރަށް އިނާމް ދެއްވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ.
ނިމިގެންދިޔަ އަހަރު ކަލާފާނު ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދެވަނަ ދަރިވަރަކަށް ހޮވުނީ ފާތިމަތު އަހުނާ އަލީ ނަސީރެވެ. ތިންވަނަ އަށް ދިޔައީ އައުނީ ޝާހިދު ރަޝީދެވެ. އޭނާ ވަނީ އޯލެވެލްގެ ގަދަ ދިހައެއްގެ ހަތަރުވަނަ ހޯދާފައެވެ.
ހުސްވި އަހަރު ބޭއްވި އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި ކަލާފާނު ސްކޫލްގެ ދިހަ ކުއްޖަކު ވަނީ ހިމެނިފައެވެ.
ޝަރަފުވެރި މެހުމާނު ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ އިމްތިހާނުގައި ހޯދާ ގްރޭޑަކުން މުސްތަގުބަލެއް ކަނޑައެއް ނޭޅޭނެ ކަމަށާއި، ދަރިވަރުންގެ މުސްތަގުބަލް ބިނާވެފައި ވަނީ ދަރިވަރުންގެ ގާބިލުކަމުގެ މައްޗަށެވެ.
ތައުލީމީ ކޮންމެ މަރުހަލާއެއްގައިވެސް ތިމާ އުނގެނޭ އުގެނުން ތިމާގެ ނަފުސަށް އެދެވޭ ހެޔޮ ބަދަލުތަކެއް ގެނެވޭތޯ އަޒުމް ކަނޑައަޅަންވާނެ ކަމަށާއި، ފިކުރީ ހަނގުރާމައިގައި ނުޖެހި ތިމާގެ ދިރިއުޅުން ބައްޓަން ކުރަންޖެހޭނޭ ކަމަށް ޒަހާ ވިދާޅުވިއެވެ.
" ތައުލީމް ހަމައެކަނި ފޮތުން އުނގެނިގެން ފުއްދާލެވޭކަށް ނެތް. ފޮތުން އުނގެނުމާ އެއްވަރަށް ދިރިއުޅުމުގެ މައިދާނުގައި ދިމާވާ ގޮންޖެހުންތަކަށް ކުރިމަތި ލުމަށް ނަފުސު ތައްޔާރު ކުރުމަކީ އެހާމެ މުހިންމު ކަމެއް" ޒަހާ ވިދާޅުވިއެވެ.
advertisment
3 Responses
އާމިނަތު ނޫހާ ނިމާލު، ގަދަ ދިހައެއްގެ އެއްވަނަ، ރަނގަޅު މައުލޫމާތު ލިޔަން ދަސްކުރެއްވުން އެދެމެވެ.
ކަލާފާނު ސްކޫލްގެ 2018 ވަ އަހަރުގެ ބެސްޓް އޯލްރައުންޑަރ ސްޓޫޑެންޓަކަށް ހޮވުނު އާމިނަތު ނޫހާ ނިމާލް އަކީ އޯލެވެލް އިމްތިޙާނުގައި 8 މާއްދާއިން އޭ ސްޓާރ ލިބިގެން ގަދަ 10 ގެ 1 ވަނައަށް ހޮވުނު ކުއްޖެއް. އަދި ޓްރެވަލް އެންޑް ޓޫރިޒަމުން މުޅި ދުނިޔެއިން 5 ވަނަ އޭނާއަށް ލިބުނު. އަދި އޭނާ ކިޔެވި ހުރިހާ މާއްދާއިން ސްކޫލުގެ ގްރޭޑް 10 އިން ސަބްޖެކްޓް ޕްރައިސް ލިބުނީވެސް އޭނާއަށް. އަދި އޭނާއަކީ މިދިޔަ އަހަރު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން. އޯލެވެލްގެ ގަދަ 10 ގެ 4 ވަނައަށް އޭނާ ދިޔަކަމަށް ބުނެފައިއެވަނީ ކާކު ކަލެއަށް ދިން މަޢުލޫމާތެއް. ތިޔަކަހަލަ ތަންދޮރު ނުދަންނަ މީހުން ނޫސްވެރިކަން ނުކުރިއްޔާ ރަނގަޅުވާނީ.