ޖަމާލުއްދީން ސްކޫލުގެ ވާހަކަދެއްކުމުގެ ގުލްފާމު ފަށައިފި

ޖަމާލުއްދީން ސްކޫލުން ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވާހަކަދެއްކުމުގެ ގުލްފާމު ޕްރޮގުރާމް އިއްޔެ ފަށައިފިއެވެ.

ޖަމާލުއްދީނުގެ ކުލާސްތަކުގެ ދަރިވަރުންނަށް ހުޅުވާލާފައިވާ މި މުބާރާތަކީ ވާހަކަދެއްކުމުގެ ފަންނަން ދަރިވަރުން ލޯހުޅުވައި ބަހަށް ލޯބި އުފެއްދުމަށް އެ ސްކޫލުން ކުރިއަށް ގެންދާ ޙަރަކާތެކެވެ. މި އަހަރުގެ މި މުބާރާތުގައި ގްރޭޑް 1ން 95 ދަރިވަރުން، ގްރޭޑް 2ން 85 ދަރިވަރުން އަދި ގްރޭޑް 3ން 88 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ދެ ބުރަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ ބުރު ހުޅުވާލާފައިވަނީ ގްރޭޑް 1، 2 އަދި 3 ގެ ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. ދެވަނަ ބުރު ކުރިއަށް ގެންދަނީ ކޮންމެ ގްރޭޑަކުން އެންމެ މޮޅު 10 ދަރިވަރުންނާއެކުއެވެ.

ޖަމާލުއްދީން ސްކޫލަކީ އަދަބީ ކަންކަމުގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ސްކޫލެކެވެ. މި އަހަރު ބޭއްވި ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި އެ ސްކޫލުން ބައިވެރިވި 4 ޢުމުރު ފުރައިންވެސް 1 ވަނަ ހޯދާފައިވަނީ ޖަމާލުއްދީން ސްކޫލެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *