ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް)ގެ ސެންޓަރ ފޮރ ޕޯސްޓްގުރެޖުއޭޓް ސްޓަޑީޒްގެ ޕޯސްޓްގުރެޖުއޭޓް ދަރިވަރުން ރާވައި އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދަރިވަރުންގެ ދިރާސާ ޙަރަކާތް، ރިވެލި 2026، މިދިޔަ ހޮނިހިރު ދުވަހޔު ވަނީ އެ ޔުނިވަރސިޓީގައި ބާއްވާފައެވެ.
ރިވެލި ޙަރަކާތުގެ މަޤްޞަދަކީ، ދަރިވަރުންގެ މެދުގައި ދިރާސާކުރުމުގެ ރޫހެއް އުފައްދައި ދިރާސާ ކުރުމަށް އަހުލުވެރިކުރުމެވެ. މީގެ އިތުރުން، ޕޯސްޓްގުރެޖުއޭޓް ދަރިވަރުންގެ ތެރެއިން ދިރާސާ ހަދާ ދަރިވަރުންގެ ޕްރޮޕޯސަލް ޑިފެންސްއަށް ތައްޔާރުވުމަށް އެހީވުމާއި ތީސީސް ނިންމާ ދަރިވަރުންގެ ވައިވާއަށް ތައްޔާރުވުމަށް އެހީތެރިވުމެވެ.

ހިޔާލު