އެމްއެންޔޫގެ ތެވެލި ކޮންފަރެންސް ފެށުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތެވެލި ބައިނަލް އަގުވާމީ ކޮންފަރެންސް މިއަދު ވަނީ ފަށާފައެވެ. މި ކޮންފަރެންސް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. 
މި ކޮންފަރެންސަށް 330 ދިރާސާ ކަރުދާސް ހުށައަޅާއިރު، ބޭރުގެ 23 ގައުމަކުން 77 ދިރާސާ ކަރުދާސް ހުށައަޅާފައިވެއެވެ. މިއީ ރާއްޖޭގައި ބާއްވާ މިފަދަ ކޮންފަރެންސަކަށް އެންމެ ގިނައިން ދިރާސާ ކަރުދާސް ހުށަައެޅި ފަހަރެވެ. އަދި މި ކޮންފަރެންސްގައި 400 އެއްހާ ފަރާތުން ބައިވެރިވެއެވެ. 

އޮގަސްޓް މަހުގެ 17ން 18 އަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންނަށް ބާއްވާ ސިމްޕޯޒިއަމް ވަނީ އިއްޔެ ވަނީ ހެނދުނު ބާއްވާފައެވެ.

ހިޔާލު