ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ނ. މަނަދޫގައި ގާއިމްކުރާ ކެމްޕަހުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
19 ޖޫން 2016 (ހުކުރު) ދުވަހުގެ ހަވީރު މަނަދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސަސް ކޮމިޝަން (ޖޭ.އެސް.ސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛް ހުސްނީ މުބާރަކް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ހުސްނީ މުބާރަކް ދެއްކެވި ވާހަކަފުޅުގައި މި މަޝްރޫޢުއަކީ މަނަދޫގެ ޢުމްރާނީ އަދި ތަޢުލީމީ ތަރައްޤީއަށްޓަކާ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށާއި މި އިންޤިލާބީ މުހިންމު މަޝްރޫޢުގެ ސަބަބުން ރަށުގައި ތިބެގެން މަނަދޫގެ ދަރިވަރުންނަށް ޕީއެޗްޑީއާ ހަމައަށް ތަޢުލީމު އުނގެނުމުގެ ރަނުގެ ފުރުޞަތު ފަހިވެގެންދާކަމީ މަނަދޫއަށް ނިޞްބަތްވާ ކޮންމެ ރައްޔިތަކުވެސް ފަޚުރުވެރިވާނެކަމެއްކަމަށް ވިދާޅުވިއެވެ.
ފޮޓޯ: އައިޔޫއެމް

ހިޔާލު